Advertisement

ތަފާތު ރޫހެއްގައި ކުޅެމުން އަންނަ ސްވިއަޓެކަށް ޖެހިޖެހިގެން 25 މޮޅު!

13 މޭ 2022 - 09:12 0

މެޗަކުން މޮޅުވުމަށް ފަހު ސްވިއަޓެކް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ތަފާތު ރޫހެއްގައި ކުޅެމުން އަންނަ ސްވިއަޓެކަށް ޖެހިޖެހިގެން 25 މޮޅު!

13 މޭ 2022 - 09:12 0

ރޯމް (މެއި 13) - އިޓާލިއަން އޯޕަންގެ ދެ ވަނަ ބުރުގައި ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ބަލިކޮށް، ދުނިޔޭގެ ރޭންކިންގައި އޮތް ޕޮލެންޑްގެ އީގާ ސްވިއަޓެކް ޖެހިޖެހިގެން 25 މެޗުން މޮޅުވެ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ.

އަޒަރެންކާ އަތުން ސްވިއަޓެކް މޮޅުވީ 6-4 6-1 އިންނެވެ.

އުމުރުން 20 އަހަރުގެ ސްވިއަޓެކަކީ 2000 ވަނަ އަހަރުގެ ފަހުން އަންހެން/ފިރިހެން ޕްރޮފެޝަނަލް ޓެނިހުގައި ޖެހިޖެހިގެން 25 މެޗުން މޮޅުވި ނުވަ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އަންހެން ހަތަރެއް އަދި ފިރިހެން ހަތަރު ކުޅުންތެރިން ވަނީ ޖެހިޖެހިގެން 25 މޮޅު ހޯދައިފަ އެވެ.

ސްވިއަޓެކް، ޓެނިހުގެ ރޭންކިން އެއް ވަނަ އަށް އެރީ މިދިޔަ މާޗް މަހު އެވެ. އެއީ އޮސްޓްރޭލިއާގެ އެއިޝްލީ ބާޓްލީ ކުއްލިއަކަށް ރިޓަޔާކުރަން ނިންމުމާ ގުޅިގެންނެވެ. ރޭންކިން ކުރިއަށް ޖެހިލަން ލިބުނު ފުރުސަތުގެ ބޭނުން، ސްވިއަޓެކް އަންނަނީ އެންމެ ފުރިހަމަ އަށް ހިފަމުންނެވެ.

އަންހެން ޓެނިހުގައި އެންމެ ފަހުން އެންމެ ގިނަ މެޗު ޖެހިޖެހިގެން މޮޅުވީ 2015 ވަނަ އަހަރު އެމެރިކާގެ ޓެނިސް ލެޖެންްޑް ސެރީނާ ވިލިއަމްސް އެވެ. އޭނާ ވަނީ އެ ފަހަރު 27 މެޗު ޖެހިޖެހިގެން ކާމިޔާބުކޮށްފަ އެވެ.

ޓެނިހުގެ ތާރީހުގައި އަންހެން ކުޅުންތެރިއަކު އެންމެ ގިނަ މެޗުން ޖެހިޖެހިގެން މޮޅުވެގެން ރެކޯޑެއް ހަދާފައި އޮތީ 1984 ވަނަ އަހަރު ޖެހިޖެހިގެން 74 މެޗުން މޮޅުވި، ޗެކޮސްލޮވާކިއާ ތަމްސީލްކުރި މާޓީނާ ނަވްރަޓިލޯވާ އެވެ. އެ ރެކޯޑާ އެންމެ ކައިރިއަށް ޖެހިލެވުނީ ޖަރުމަނުގެ ކުރީގެ އަންހެން ކުޅުންތެރިޔާ، ސްޓެފީ ގްރާފް އަށެެވެ. އޭނާ ވަނީ 1989 އިން 1990 އަށް ޖެހިޖެހިގެން 66 މެޗުން މޮޅުވެފަ އެވެ.