Advertisement

ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖެހި މައްސަލަ ފުލުހުން ބަލަނީ

12 މޭ 2022 - 11:42 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ރައީސް ޔާމީންގެ ގެކޮޅު ދޫވެހި: އެތަނަށް ކަޅުކުލައިން ސްޕްރޭ ޖެހި މައްސަލައެއް ދަނީ ބަލަމުން


ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖެހި މައްސަލަ ފުލުހުން ބަލަނީ

12 މޭ 2022 - 11:42 0

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅަށް ގެއްލުންދިން މައްސަލައެއް ފުލުހުންގެ ތަހުގީގު ކުރަން ފަށައިފި އެވެ.

ޔާމީންގެ ގެކޮޅު ހ. ދޫވެހީގެ ގޭޓަށް އަދި ޕީޕީއެމް އޮފީސް ހިންގާ އިމާރާތަށް ވެސް ޔާމީން ހައްޔަރުކުރުމަށް ގޮވާލައި ކަޅުކުލައިން ވަނީ ސްޕްރޭ ކޮށްފަ އެވެ. އަދި އެ ސަރަހައްދަށް ޔާމީން ހައްޔަރުކުރަން ގޮވާލައި ކަރުދާސްތަކެއް ވެސް އަޅާފައިވެ އެވެ.

މިކަން ކޮށްފައިވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, އެކަން ސަމާލުކަމަށް އައުމާ އެކު މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. ފުލުހުން މައްސަލަ ބަލަން ފަށާފައިމިވަނީ އިދިކޮޅު ޕާޓީ, ޕީޕީއެމްއިން އެ މައްސަލަ ފުލުހަށް ހުށަހަޅަން ތައްޔާރުވަމުންދަނިކޮށެވެ.

ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖަހާފައިމިވަނީ ޒުވާނުންގެ ގުރޫޕަކުން އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފައިވަނިކޮށެވެ. އެ މުޒާހަރާގައި ވެސް ޔާމީން ހައްޔަރުކުރުމަށް ވަނީ ގޮވާލާފަ އެވެ.

ޔާމީން ހައްޔަރުކުރުމަށް ގޮވާލަމުންދާއިރު, އެމަނިކުފާނު ގެންދަވަނީ "އިންޑިއާ އައުޓް" ކެމްޕެއިން ވަރަށް ބޮޑަށް ކުރައްވަމުންނެވެ. އެ ކެމްޕެއިނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ ގަރާރެއް ވެސް ނެރުއްވާފަ އެވެ.