Advertisement

ޑްރަގާއެކު ރޫމީ ހައްޔަރުކޮށްފި، ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް

12 މޭ 2022 - 08:31 8

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) އަދި އޭނަގެ ފިރިމީހާ، މުހައްމަދު ނަސީމް---


ޑްރަގާއެކު ރޫމީ ހައްޔަރުކޮށްފި، ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް

12 މޭ 2022 - 08:31 8

ދިވެހީންގެ ތެރޭގައި ޓިކްޓޮކުން މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

ރޫމީ އާއި އޭނަގެ ފިރިމީހާ، މުހައްމަދު ނަސީމް ހައްޔަރު ކޮށްފައި ވަނީ އެ ދެމަފިރިން ދިރިއުޅޭ ހ. ބްލޫ ބްރިޖް އިންނެވެ.

ކޯޓު އަމުރެއްގެ ދަށުން ރޫމީގެ ގެ އަށް ފުލުހުން އިއްޔެ މެންދުރު ވަދެފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެނެވެ.

އިތުބާރު ހުރި ފަރާތަކުން މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ ގެ އިން ހޯދި މަސްތުވާތަކެތީގެ ބަރުދަން 150 ގްރާމަށް ވުރެ ގިނަ ކަމަށެވެ.

ގާނޫނުގައި ބުނާ ގޮތުން ވަކި މިންވަރަކަށްވުރެ މަސްތުވާތަކެތީގެ ބަރުދަން މަތިވެ, އެކަން ސާބިތުވެއްޖެނަމަ 25 އަހަރު (އުމުރު ދުވަސް)ގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރި ކަމުގެ އަދަބެވެ.

ރުމީގެ ފިރިމީހާ ނަސީމަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް މައުލޫމާތުލިބެ އެވެ.

މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެ އެވެ.