Advertisement

ތިމާވެށި ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން މާލީ އެހީ ދޭން ހުޅުވާލައިފި

11 މޭ 2022 - 15:10 0

ބީއެމްއެލްގެ އޮފީހެއް؛ ތިމާވެށި ޕްރޮޖެކްޓްތަކަށް ގްރާންޓް ދޭން ވަނީ ހުޅުވާލާފައި


ތިމާވެށި ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން މާލީ އެހީ ދޭން ހުޅުވާލައިފި

11 މޭ 2022 - 15:10 0

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓާ ގުޅުން ހުރި ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ސްމޯލް ގްރާންޓްސް" ނަމުގައި ތައާރަފްކޮށްފައިވާ އެހީ ބޭނުންވާ ފަރާތްތަކަށް ހުޅުވާލައިފި އެވެ.

ކޮންމެ އަހަރަކު ވެސް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ދޫކުރާ މި މާލީ އެހީ، ތިމާވެށީގެ ޕްރޮޖެކްޓްތަކަށް އަމާޒުކޮށް މި އަހަރު ދޫކުރަން އިއުލާންކޮށް އެ ބޭންކުން ބުނީ އެ ޕްރޮޖެކްޓްތަކަށް ހުށަހެޅުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ އާދީއްތަ ދުވަހާ ހަމައަށް ކަމަށެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކްގެ ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން މާލީ އެހީ ދޭނީ އެއިން އަށް ޕްރޮޖެކްޓްއަކަށެވެ. އަދި ކޮންމެ ޕްރޮޖެކްޓްއަކަށް ދެނީ 250،000 ރުފިޔާގެ މާލީ އެހީއެއް ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮޖެކްޓްތަކަށް އެދި ހުށަހެޅޭނީ މިދިޔަ އަހަރުގެ ފަހު ދުވަހުގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ މި ގްރާންޓްގެ ދަށުން މުޖުތަމައަށް ފައިދާ ކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ލިބިގެން ދާނެ ކަމަށެވެ.

"މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދެވި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި ހެޔޮ ބަދަލުތަކެއް އަންނާނެ، އަޅުގަނޑުމެންގެ އުންމީދަކީ މި ދާއިރާގައި މަސައްކަތް ކުރަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުން ކުރުން،" ސައީދު ވިދާޅުވި އެވެ.

މި ފަންޑިންއަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލް އަދި ފަންޑިންއަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.