Advertisement

ފަސޭހަތަކާއި ވަސީލަތްތައް ފުރިހަމަ ސޮލިޓެއާ

12 މޭ 2022 - 17:38 1


ފަސޭހަތަކާއި ވަސީލަތްތައް ފުރިހަމަ ސޮލިޓެއާ

12 މޭ 2022 - 17:38 1

ދިރިއުޅުމުގައި ހުރި ފަސޭހަތަކާ ލިބެން ހުރި ވަސީލަތްތަތަކީ މިޒަމާނުގައި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރުމުގައި އެންމެ މުހިންމު ކަންކަމެވެ. ހަމަ އެހެންމެ ބޯހިޔާވަހިކަން ލިބުމާ އެކު އުޅޭ ތަން ރީތިވެފައި ރައްކާތެރިވުމަކީވެސް ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނުވާ ކަންކަމެވެ.

ހުޅުމާލޭ ފިތުރޯނު މަގުގައި ތަރައްގީކުރަމުން އަންނަ ސޮލިޓެއާ އަކީ މި ވިސްނުމުގައި ތަރައްގީކުރާ ދިވެހިރާއްޖޭގެ ހައުސިން މާކެޓުގައި ވިދާލާނެ ތަނެކެވެ. ފިތުރޯނު މަގަކީ ރީތި, ފެހިގަސްތަކުން މަގަށް އަބަދުމެ ހިޔާ އޮންނަ ފޮޓޯނަގާ މީހުންގެ މެދުގައިވެސް މަގުބޫލު މަގެކެވެ. އެއާއެކު ހުޅުމާލޭގައި ލިބެން ހުންނަ ގިނަ ހިދުމަތްތައްވެސް ފިތުރޯނު މަގާއި މަގުގެ ކައިރިން ލިބެން ހުރުމަކީ މިމަގުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން ތަނަވަސްވެ ފަސޭހަވާނެކަމެކެވެ.

ފިތުރޯނު މަގުގައި ތާޒާ ތަރުކާރީއާއި މަހުގެ އިތުރުން އެކި ބާވަތުގެ ދިވެހި ތައްޔާރީ ކާނާތައް ލިބެން ހުންނަ ރަށު މާކޭޓް ހުރެ އެވެ. މާކެޓާއި އިންވެގެން ހުންނަނީ 24 ގަޑިއިރު ވެހިކަލްތަކަށް ތެލުގެ ހިދުމަތްދޭ ޕެޓްރޯލް ޝެޑެކެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ މައި ބޭންކުގެ ހިދުމަތްދޭ މަރުކަޒަކާއި ރާއްޖޭގެ އެންމެ ބޮޑު ދެ ބޭންކުގެ އޭޓީއެމް ހިދުމަތް ވެސް ފިތުރޯނު މަގުން ލިބެންހުރެ އެވެ. ފިތުރޯނު މަގަކީ ސެންޓްރަލް ޕާކާއި ޔޮޓް މެރީނާއާއި ފެރީ ގިމަތަ އަދި ބައެއް ބަސް ސްޓޮޕް ތަކަށް ފައި މަގުގައި އަވަހަށް ދެވޭ ހިސާބުގައި ހުންނަ މަގެކެވެ. ސޮލިޓެއާގައި ދިރިއުޅުމަކީ މި ހުރިހާ ހިދުމަތްތަކާއި ވަސީލަތަކެއް ގާތުން ލިބޭ ލަގްޒަރީ ދިރިއުޅުމެއް ފަހިކޮށްދޭނެ ކަމެކެވެ.

ފިތުރޯނު މަގުގައި ތަރައްގީކުރަމުންދާ 1200 އަކަފޫޓުގެ 3+1 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ސޮލިޓެއާ އަކީ ޖާގަ ތަނަވަސް ދިރިއުޅުން ފަސޭހަކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުމާ ކޯށްފައިވާ ތަނެކެވެ. ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމަންޓު ހުންނައިރު ހަތަރު އެޕާޓްމަންޓްގެ ކުރިމަތިން ކަނޑާއި އިރުއޮއްސޭ މަންޒަރު ފެންނާނެއެވެ. އަދި ހަތަރު އެޕާޓްމަންޓުން ފެންނާނީ ސެންޓްރަލް ޕާކާއި ހުޅުމާލެ ސިޓީގެ ފެހިގަސްތަކެވެ.


ކޮންމެ އެޕާޓްމަންޓެއްގައި އެންމެ ޒަމާނީ ވަސީލަތްތައް ހިމެނިފައިވާނެ އެވެ. މީގެ އިތުރުން ސޮލިޓެއާ އިމާރާތަކީ ދިރިއުޅުން ފަސޭހަކޮށް އިތުރު ފުރިހަމަ ކަމެއް ގެނުވާ އެތައް ކަމެއް އެކުލެވޭ ތަނެކެވެ. ވެހިކަލް ޕާކު ކުރުމަށް ރައްކާތެރި ޖާގަ ތަނަވަސް ތަންތަން ކަނޑައެޅިފައި ހުންނާނެ އެވެ. އިންފިނިޓީ ޕޫލަކާއި ކުޑަކުދިންގެ ޕޫލަކާއި ކުޅޭ ތަނެއްވެސް ހުންނާނެއެވެ. މީގެ އިތުރުން އެންމެ ޒަމާނީ ފެންވަރުގެ ކަސްރަތު ސާމާނު އެކުލެވޭ ޖިމްއަކާއި ބިލިއަޑް ކުޅެލާ އިޖުތިމާއީ އެއްވުންތަނަށް އެކަށޭނަ ޖާގަތަކަކީ ސޮލިޓެއާ ހާއްސަވާ ސަބަބެވެ.

ސޮލިޓެއާ އިމާރާތުގެ އެންމެ މަތީގައި ހުންނާނީ ހަތަރު ޕެންޓްހައުސްއެވެ. ކޮންމެ ޕެންޓް ހައުސްއަކީ އިރު އަރާ އޮއްސޭ މަންޒަރު ފެންނާނެހެން 270 ޑިގްރީ ވިއުއެއް ފެންނާނެ ޕެންޓްހައުސްތަކެވެ.

ސޮލިޓެއާ ތަރައްގީކުރަނީ ކާމިޔާބު ކަމާއެކު ވަން ސެންޓްރަލް ޕާކުވެސް ތަރައްގީކޮށް އިފްތިތާހުކޮށްފައިވާ ސެންޑަލް މޮރިޝަސް ކުންފުނިންނެވެ. ސޮލިޓެއާ އަކީ ނޮވެމްބަރ 2021 ގައި ކްރޮސްރޯޑްސް މެރީނާގައި ސެންޑަލް މޮރިޝަސްއިން ބޭއްވި ހާއްސަ ހަފުލާއެއްގައި އިފްތިތާހުކުރި މަޝްރޫއެކެވެ. މި ހަފުލާގައި ވާހަކަ ދައްކަވަމުން ސެންޑަލް މޮރިޝަސްގެ ޕޭރަންޓް ކޮމްޕެނީ އެސޮޓެކް ރިއަލްޓީގެ ފައުނޑަރ މރ. ނީރަޖް ގުލާތީ ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ދިރިއުޅޭނެ ތަންތަން ތަރައްގީކުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ސޮލިޓެއަރއިން އެޕާޓްމަންޓް ގަތުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ. ހަލުވި މިނުގައި ސޮލިޓެއަރ އެޕާޓްމަންޓްތައް ވިކެމުން ދާއިރު ލިވިން އެކްސްޕޯ 2021 އަށް ދިޔަ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓްތައްވެސް ވަނީ ދީފައެވެ.