Advertisement

ަކުދި ވިޔަފާރިތައް ގިންތިކުރާ އިސްލާހު ތަސްދީގުކޮށްފި

މާލޭގައި ހިންގާ ވިޔަފާރިއެއް. ފޮޓޯ: ފައިލް


ަކުދި ވިޔަފާރިތައް ގިންތިކުރާ އިސްލާހު ތަސްދީގުކޮށްފި

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތައް ގިންތި ކުރުމުގައި ބަލާ މިންގަނޑަށް ބަދަލު ގެންނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކޮށްފި އެވެ.

މިއަދު ގެޒެޓްކުރި އެ އިސްލާހުގައި ންމެ ބޮޑު ބަދަލެއް ގެނެސްފައިވަނީ ވިޔަފާރިތައް ގިންތި ކުރުމުގައި މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ވިޔަފާރިތައް ގިންތި ކުރަނީ މުވައްޒަފުންގެ އަދަދާއި، ޖުމްލަ އާމްދަނީގެ އިތުރުން ސާފު ފައިދާގެ މިންވަރަށް ބަލައިގެންނެވެ.

އެންމެ ކުދި ވިޔަފާރި ގާނޫނުގައި ގިންތިކުރާ މިންގަނޑު ކުރިން އޮތް ގޮތް

  • މުވައްޒަފުންގެ އަދަދު - 5-0
  • ޓޯޓަލް ރެވެނިޔު - 500،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ.

ކުދި ވިޔަފާރި ގިންތިކުރާ މިންގަނޑު ކުރިން އޮތް ގޮތް

  • މުވައްޒަފުންގެ އަދަދު - 30-6
  • ޓޯޓަލް ރެވެނިޔު - 500،000ރ. - 5،000،000ރ.
  • ނެޓް ޕްރޮފިޓް - 75،000ރ. - 750،000ރ.

މެދު ވިޔަފާރި ގިންތިކުރާ މިންގަނޑު ކުރިން އޮތް ގޮތް

  • މުވައްޒަފުންގެ އަދަދު - 100-31
  • ޓޯޓަލް ރެވެނިޔު - 5،000،000ރ. - 20،000،000ރ.
  • ނެޓް ޕްރޮފިޓް - 750،000ރ. - 3،000،000ރ.

އެ ގިންތިކުރުން ބަދަލުކޮށް މިއަދު ތަސްދީގުކުރި ގާނޫނުން ކުދި ވިޔަފާރިއެއްކަމުގައި ބަލާނީ ޖުމްލަ އާމްދަނީ 1،000،000ރ އާ ހަމައަށް ލިބި، ސާފު ފައިދާ އަށް 250،000ރ. ލިބޭ ވިޔަފާރި ތަކެވެ.

ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރަން ބަލާނީ ޖުމްލަ އާމްދަނީ 1،000،001ރ. އިން ފެށިގެން 10،000،000ރ. ދެމެދުން ލިބި، ސާފު ފައިދާ 250،001ރ. އިން 2،500،000ރ. ދެމެދު ލިބޭ ވިޔަފާރިތަކެވެ.

އޭގެ އިތުރުން މެދު ވިޔަފާރިއެއްގެ ގޮތުގައި ދެން ގިންތި ކުރެވޭނީ 10،000،001ރ. އާ 30،000،000ރ. ދެމެދުގެ ޖުމްލަ އާމްދަނީއެއް އަދި 2،500،001ރ. އާ 5،000،000ރ. އާ ދެމެދުގެ ސާފު ފައިދާއެއް ލިބޭނަމަ އެވެ.

އެ އިސްލާހުގެ ދަށުން ޖުލައި 30 ގެ ކުރިން ކުންފުންޏާ ބެހޭ ރެޖިސްޓްރާ ކުންފުނިތައް އަލުން ގިންތިކޮށް ދަފްތަރުކޮށް އާންމުކުރާނެ އެވެ. އެ އިސްލާހު ތަސްދީގުކުރުމާއެކު މިއަދުން ފެށިގެން އަމަލު ކުރަން ޖެހޭނެ އެވެ.