Advertisement

ސީއެޗްއެސްސީން ދަރިވަރުންނަށް ލަންޗް ބްރޭކް ނުދޭ ވާހަކަ ދޮގުކޮށްފި

10 މޭ 2022 - 13:49 1

ސީއެޗްއެސްސީގެ ދަރިވަރުންތަކެއް: އެ ސްކޫލުގެ ދަރިވަރުންނަށް ލަންޗް ބްރޭކް ނުދޭ ވާހަކަ އެ ސްކޫލުން ވަނީ ދޮގުކޮށްފަ. ފޮޓޯ: ފައިލް


ސީއެޗްއެސްސީން ދަރިވަރުންނަށް ލަންޗް ބްރޭކް ނުދޭ ވާހަކަ ދޮގުކޮށްފި

10 މޭ 2022 - 13:49 1

ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގެ ދަރިވަރުންނަށް އިންޓަވަލް ގަޑި ނުވަތަ ލަންޗް ބްރޭކް ނުދީ ކިޔެވުން ކުރިޔަށްގެންދާކަމަށް ބުނާ ވާހަކަތަކަށް އެޑިއުކޭޝަން މިނިސްޓްރީ އަދި އެ ސްކޫލުން ވެސް ދޮގުކޮށްފި އެވެ.

ސީއެޗްއެސްސީގެ ދަރިވަރުންނަށް ލަންޗް ބްރޭކް ނުދީ ކިޔަވައިދެމުންދާކަމަށް ބުނެ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތަށް ލިޔެފަ ހުރި ބައެއް ޕޯސްޓުތަކުގައި ކުދިންނަށް އިންޓަވަލް ގަޑި ނުދީ ކިޔެވުމުގެ ސަބަބުން ސިއްހީ މައްސަލަތަކާއި ކުރިމަތިވާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.

އެކަމާއި ގުޅޭ ގޮތުން "އަދަދު"ން ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. ސީއެޗްއެސްސީގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު އަބީރާ ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންނަށް ލަންޗު ބްރޭކް އަބަދު ވެސް ދޭ ކަމަށެވެ. ކޮންމެ ދަރިވަރަކަށް ވެސް ސްކޫލު ކެންޓީނުން ކާ އެއްޗިހި ގަނެގެން، ނުވަތަ ގެއިން ގެނެސްގެން ވެސް ކެވޭނެ އިންތިޒާމު ސްކޫލުން ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މެންދުރު ފަހު ސެޝަން މިސާލަކަށް ދަރިވަރުން އަންނަނީ 11:00 އަށް. ދެން 12:30 އިން 12:45 އަށް ލަންޗު ބްރޭކް ގަޑި އޮންނާނެ ޓައިމްޓޭބަލްގަ ވެސް. އެ ގަޑި ނިންމާފަ ސްކޫލު ސެޝަން ނިމިގެން ގިނަ ދަރިވަރުން ގެޔަށްދާނެ 2:00 ޖަހާކަންހާއިރު،" އަބީރާ ވިދާޅުވި އެވެ.

ކޮންމެ ދަރިވަރަކަށް ވެސް 15 މިނެތުގެ ލަންޗު ބްރޭކް ދޭ ކަމަށް ވެސް އަބީރާ ވިދާޅުވި އެވެ. އެކްސްޓްރާ ކުލާސްތަކަށާއި އޮޕްޝަން ކުލާސްތަކަށް މަޑުކުރާ ކުދިންނަށް ވެސް 10 މިނެޓު ލަންޗު ބްރޭކަށް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.