Advertisement

ފަލަސްތީނުގެ އިގްތިސާދަށް އިތުރު އެހީ ބޭނުންވޭ: ވޯލްޑް ބޭންކް

ވޯލްޑް ބޭންކުން ޑޯނަރުންނަށް ގޮވާލީ ފަލަސްތީން ސަރުކާރަށް އެހީވުމަށް. -- ފޮޓޯ: ބްރިކޯޑާ


ފަލަސްތީނުގެ އިގްތިސާދަށް އިތުރު އެހީ ބޭނުންވޭ: ވޯލްޑް ބޭންކް

ބައިނަލްއަގްވާމީ ޑޯނަރުން ފަލަސްތީނުގެ ސަރުކާރަށް ފޯރުކޮށްދޭ އެހީ އިތުރު ކުރުމަށް ވޯލްޑް ބޭންކުން ގޮވާލައިފި އެވެ.

ވޯލްޑް ބޭންކުން ބުނީ ބޭރުގެ އެހީ ރެކޯޑް މިންވަރަށް ދަށްވުމާ އެކު ފަލަސްތީން ސަރުކާރަށް ބަޖެޓް ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށެވެ.

ބްރަސެލްސްގައި އޮންނަ ޑޯނަރުންގެ ކޮންފެރެންސަކާ ދިމާކޮށް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނީ ލޮކްޑައުނަށް ފަހު ފަލަސްތީނުގެ އިގްތިސާދު ކުރިއަރާ މަންޒަރު ފެންނަ ކަމަށެވެ.

ހުޅަނގު އައްސޭރީގައި 2021 ވަނަ އަހަރު 7.8 ޕަސެންޓުގެ އިގްތިސާދީ ކުރިއެރުމެއް ރިޕޯޓުކުރި އެވެ. އޭގެ އެއް ސަބަބަކީ ފަލަސްތީން މީހުންނަށް އިޒްރޭލްގައި ވަޒީފާ އަދާ ކުރުމަށް ހުއްދަ ދިނުން އިތުރުކޮށްފައިވުމެވެ.

ހަމާސްއިން ކޮންޓްރޯލް ކުރާ ގާޒާގައި 2021 ވަނަ އަހަރު 3.4 ޕަސެންޓްގެ އިގްތިސާދީ ކުރިއެރުމެއް ރިޕޯޓުކުރި އެވެ.

ވޯލްޑް ބޭންކުން ބުނީ ހުޅަނގު އައްސޭރީގެ އިގްތިސާދު ކުރިއެރުމުން، ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވި ނަމަވެސް، މާލީ ކުރިމަގާ މެދު ނުތަނަވަސްކަން ބޮޑެވެ.

އެގޮތުން ބަޖެޓްގެ ދަތިކަން ކުރިމަތިވެ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ފަލަސްތީން ސަރުކާރުން ދެނީ މުވައްޒަފުންގެ މުސާރައިގެ އެއް ބައި ކަމަށް ބުންޏެވެ.

މިދިޔަ އަހަރު ބަޖެޓް ޑެފިސިޓް 1.26 ބިލިއަން ޑޮލަރަށް އެރި އިރު، ބޭރު އެހީގެ ގޮތުގައި ލިބުނު އަދަދު ރެކޯޑް މިންވަރަށް ދަށްވި އެވެ. އެގޮތުން ބޭރު އެހީގެ ގޮތުގައި ލިބުނީ އެންމެ 317 މިލިއަން ޑޮލަރެވެ.