Advertisement

ރާއްޖެ އައި ޓޫރިސްޓެއް އަތުން ހަތަރު ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓްގައި - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު


ރާއްޖެ އައި ޓޫރިސްޓެއް އަތުން ހަތަރު ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އައި ޓޫރިސްޓެއް އަތުން ހަތަރު ކިލޯގެ ބަރުދަން ހުރި މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަތީ މިދިޔަ އަންގާރަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ލަގެޖް ބަލައި ފާސްކުރަނިކޮށް ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ބެލި ބެލުމުގަ އެވެ.

މި ގޮތުން، އަތުލައިގަނެވުނު ތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ކޮކެއިންއަށް އެ ތަކެތި ވަނީ ޕޮޒިޓިވް ވެފަ އެވެ.

މި ތަކެތީގެ ބަރުދަން ޖުމުލަ 4.226 ކިލޯއަށް އަރާއިރު، އޭގެ މަގުމަތީ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތުމަށް ފަހު އަމަލު ކުރަން އޮންނަ އުސޫލަކީ އެއީ އެވެ.