Advertisement

އޯލެވެލް އިމްތިހާނު ފަށައިފި

ސްކޫލު ދަރިވަރެއް ބެލެނެވެރިޔާއާއެކު މަގުމަތީގައި. ރާއްޖޭގެ އޯލެވެލް އިމްތިހާނުތައް މިއަދުން ފަށައިގެން ކުރިޔަށްދާއިރު، އެއީ އެންމެ ގިނަ އަދަދަކަށް ދަރިވަރުން ބައިވެރިވާ އިމްތިހާނުކަން ފާހަގަކުރެވޭ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އޯލެވެލް އިމްތިހާނު ފަށައިފި

ފަސްހާހަށްވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގެ ސްކޫލުތަކުގައި މި އަހަރުގެ ޖީސީއީ އޯލެެވެލް އިމްތިހާނުތައް މިއަދު ފަށައިފި އެވެ.

ޖުމްލަ 5،393 ދަރިވަރުންނާއެކު ކުރިއަށްގެންދާ އެ އިމްތިހާނުތައް އަންނަ ޖޫން މަހުގެ 10ގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

މިއަހަރުގެ އިމްތިހާނުތައް ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް އޯލެވެލް އިމްތިހާނު ކުރިއަށްދާނެ އެވެ.

މިދިޔަ ދެ އަހަރު، ކޯވިޑް ހާލަތު ގޯސްވުމާ ގުޅިގެން ބައެއް އިމްތިހާނުތައް ފަސްކުރި އެވެ.

ރާއްޖޭގައި މީގެ ކުރިން ސާނަވީ އިމްތިހާނު ކުރިޔަށްގެންދަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު އަދި ނޮވެމްބަރުގަ އެވެ. ނަމަވެސް ކޮވިޑް ގެ ސަބަބުން 2020 ވަނަ އަހަރު ސާނަވީ އިމްތިހާނު ފަސްކޮށް، މިހާރު އާ އަހަރުގެ ކިޔެވުން ފަށަނީ ކޮންމެ އަހަރެއްގެ މޭ ގަ އެވެ.