Advertisement

ޝާހިދު ބާއްވާ ބަހުސެއްގައި ބައިވެރިވާން ނައިބު ރައީސް ނިއުޔޯކަށް

ނައިބު ރައީސް ފައިސަލް ނަސީމް އާއި އަނބިކަނބަލުން އާއިޝަތު ޝަމްޞަދާ ނިއުޔޯކަށް ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް


ޝާހިދު ބާއްވާ ބަހުސެއްގައި ބައިވެރިވާން ނައިބު ރައީސް ނިއުޔޯކަށް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިޒާމު ކުރައްވާ ބަހުސެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ފައިސަލް ނަސީމް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅަކަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ނައިބު ރައީސްގެ އެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު ޝަމްސަދާގެ އިތުރުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ނައިބު ރައީސްގެ ދަތުރުފުޅު ނިންމާވަލައްވާ އެނބުރި ރާއްޖެ ވަޑައިގަންނަވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ބަހުސަކީ "ފުޓިން ސަސްޓެއިނަބަލް އެންޑް ރެޒިލިއަންޓް ޓޫރިޒަމް އެޓް ދަ ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މި މައުލޫއުއަށް ޝާހިދު ބާއްވަވާ މަތީ ފެންވަރުގެ ތީމެޓިކް ޑިބޭޓްއެކެވެ.

ޝާހިދު އިންތިޒާމު ކުރާ އެ ޑިބޭޓް ބާއްވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ) އާއި ޔޫއެންޑީޕީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) އަދި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫއެންސީޓީއޭޑީ) ވެސް ގުޅިގެންނެވެ.

މި ހަރަކާތުގެ ސަބަބުން މެމްބަރު ގައުމުތަކަށާއި ކަމާ ބެހޭ އެހެނިހެން ފަރާތްތަކަށް، ހައިލެވެލް ތީމެޓިކް ރައުންޑްޓޭބަލް ތިން ބައްދަލުވުމެއްގައި ސްޓްރެޓެޖީތަކާ މެދު މަޝްވަރާކޮށް، އެންމެ ރަނގަޅު ގޮތްތަކާއި ތަޖުރިބާތައް ހިއްސާ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.