Advertisement

ދިއްދު އަދި ވިލިނގިލީ މަގު ހަދަން 206 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފި

29 އޭޕްރީލް 2022 - 13:14 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް އަދި ޕްލޭނިން މިނިސްޓްރީގެ ޕާމަނަްޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު ސޮއިކުރެއްވުމަށްފަހު: އެ މަޝްރޫއުތަކުގެ ޖުމްލަ އަގު 206 މިލިއަނަށް އަރާ -- ފޮޓޯ: އާރުޑީސީ


ދިއްދު އަދި ވިލިނގިލީ މަގު ހަދަން 206 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފި

29 އޭޕްރީލް 2022 - 13:14 0

ހއ. ދިއްދޫ އަދި ގއ. ވިލިނގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފި އެވެ.

ޖުމްލަ 206 މިލިއަން ރުފިޔާގެ އެ މަޝްރޫއުތަކުގެ ދަށުން އާރުޑީސީން ދިއްދު އާއި ވިލިނގިލީގެ 29 މަގެއްގައި ތާރު އަޅާނެ އެވެ. މިނިސްޓްރީ އޮފެ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިފްރާސްޓްރާކްޗާއިން އެ މަޝްރޫއުތައް އާރުޑީސީއާ ހަވާލުކުރީ އިއްޔެ ޕްލޭނިން މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އާރުޑީސީގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި ޕާމަނަްޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު އެވެ.

ދިއްދޫގައި އާރުޑީސީން 19 މަގެއް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު، އެ މަގުތަކަކީ ގާތްގަނޑަކަށް 5.16 ކިލޯމީޓަރުގެ ދިގުމިނުގެ ސަރަހައްދެކެވެ. ދިއްދޫގެ އެ މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 108,530,091.37ރ. ގެ އަގަކަށެވެ.

ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން އާރުޑީސީން އެރަށުގެ ޖުމްލަ 10 މަގެއްގައި ތާރު އަޅާނެ އެވެ. އެއީވެސް ގާތްގަނޑަކށް ފަަސް ކިލޯމީޓަރުގެ ދިގުމިނުގެ ސަރަހައްދެއް ހުންނަ މަގުތަކެކެވެ. އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 98,330,536.18ރ. ގެ އަގަކަށެވެ.