Advertisement

ފަލަސްތީން އާއިލާއެއް މެރުމުން އުފާކުރި ޔަހޫދީންތަކަކަށް ކުށް ސާބިތުވެއްޖެ

28 އޭޕްރީލް 2022 - 09:34 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަހޫދީއަކު ދިން ހަމަލާގައި މަރުވި ފަލަސްތީނުގެ އާއިލާ.


ފަލަސްތީން އާއިލާއެއް މެރުމުން އުފާކުރި ޔަހޫދީންތަކަކަށް ކުށް ސާބިތުވެއްޖެ

28 އޭޕްރީލް 2022 - 09:34 0

ފަލަސްތީނުގެ އާއިލާއަކަށް 2015 ވަނަ އަހަރު ހަމަލާދީ އުމުރުން 18 މަހުގެ ތުއްތު ކުއްޖަކާއި އެ ކުއްޖާގެ މައިންބަފައިން މަރާލުމުން އުފާ ފާޅުކޮށް ބޭއްވި ކައިވެނި ހަފްލާއެއްގައި ބައިވެރިވި ޔަހޫދީންތަކެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ އެވެ.

ހަމަނުޖެހުން އުފެއްދުމާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވި ކަމަށް ސާބިތުވީ ޔަހޫދީންގެ ހަތް މީހެއްގެ މައްޗަށެވެ. އެ މީހުން ވަނީ ޖުލައި 2015 ގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ދަވަބްޝޭ އާއިލާ ދިރިއުޅޭ ގެޔަށް އަލިފާން ބޮމެއް އެއްލައި، އެ އާއިލާގެ ބަޔަކު މަރުވުމުން އުފާކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ ދުމާ އަވަށުގައި ދިން އެ ހަމަލާގައި މަރުވީ 18 މަހުގެ އަލީ އާއި އޭނާގެ މަންމަ ރިހާމް އަދި ބައްޕަ ސާދް އެވެ. އިޒްރޭލްގެ ސިޔާސީ ފަރާތްތައް އެ ހަމަލާ ކުށްވެރި ކުރި އެވެ.

ހަމަލާދިންތާ ދުވަސްކޮޅެއް ފަހުން އިޒްރޭލުގެ ޓީވީތަކުން ދެއްކި ވީޑިއޯއެއްގައި ފެނުނީ ހަމަލާއާ މެދު އުފާ ފާޅުކޮށް، ކައިވެނި ޕާޓީއެއްގައި ބަޔަކު ލަވަ ކިޔައި ނަށާ މަންޒަރެވެ. ބަޑި ހިފައިގެން ނަށަމުން، ކިޔަމުން ދިޔަ ލަވަތަކުގައި ހަމަނުޖެހުމަށް ހިތްވަރުދެމުން، ތުއްތު ކުއްޖާގެ ފޮޓޯއަށް ވަޅި ހަރާ މަންޒަރު ވެސް ފެނެ އެވެ.

ކޯޓުން ބުދަ ދުވަހު ބުނީ ހަމަނުޖެހުން ހިންގަން ހިތްވަރު ދިނުމާއި، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި، ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދިނުމާއި، ގާނޫނާ ހިލާފަށް ހަތިޔާރު ގެންގުޅުން ފަދަ އެތައް ކަމެއް އެ ވީޑިއޯއިން ފެނުނު މީހުން ކުރަމުން ދިޔަ ކަމަށެވެ.

"ކުށެއް ނެތް އާއިލާއެއް މެރުމުން އުފާކޮށް އެފަދަ ކަންކަމަށް ހިތްވަރުދިން ކަމާއި އަރަބިންނަށް ހަމަލާ ދީ ބަދަލު ހިފުމުގެ ރޫހުގައި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލިކަން އަޅުގަނޑަށް ފާހަގަވި،" މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވި އެވެ.