Advertisement

މުލިއާގޭގެ ކްރެޑިޓު ކާޑާ ގުޅޭ 15 އަހަރުވީ މައްސަލައެއްގައި ފައިސާ ހޯދަން އޭސީސީން އަންގައިފި

27 އޭޕްރީލް 2022 - 14:09 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މުލިއާގޭގެ ބޭރުން ސައިކަލެއް ދުއްވާފައި ދަނީ. މުލިއާގޭގެ ކޯޕަރޭޓް ކްރެޑިޓް ކާޑުން އުސޫލާ ހިލާފަށް ހަރަދުކުރި 11،244 ޑޮލަރު ހޯދަން ވަނީ އަންގާފައި --- ފޮޓޯ: ހުސައިން ވަހީދު/އަދަދު


މުލިއާގޭގެ ކްރެޑިޓު ކާޑާ ގުޅޭ 15 އަހަރުވީ މައްސަލައެއްގައި ފައިސާ ހޯދަން އޭސީސީން އަންގައިފި

27 އޭޕްރީލް 2022 - 14:09 1

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުލަތަށް އަބުރާ ހޯދަން އެންގި 1.5 މިލިއަން ރުފިޔާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލިއާގޭގެ ކޯޕަރޭޓް ކްރެޑިޓް ކާޑުން 2007 ވަނަ އަހަރު އުސޫލާ ހިލާފަށް ކުރި މުއާމަލަތްތަކެއް ހިމެނޭކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން މިއަދު ވަނީ ކޮރަޕްޝަނުގެ އަމަލުތަކަށް ގެއްލުނު 1.5 ރުފިޔާ އަނބުރާ ހޯދުމަށް ދައުލަތުގެ އެކި އިދާރާތަކަށް އަންގައިފަ އެވެ. އޭގެ ތެރޭގައި 2007 ވަނަ އަހަރު މުލިއާގޭގެ ކޯޕަރޭޓް ކްރެޑިޓް ކާޑުން އުސޫލާ ހިލާފަށް ހަރަދުކުރި 11،244 އެމެރިކާ ޑޮލަރު (144،494 ދިވެހި ރުފިޔާ) ހިމެނޭކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީއަށް އަންގައިފަ އެވެ.

އެ މައްސަލައިގެ އިތުރުން ވެސް ދެން އޭސީސީން ފައިސާ ހޯދަން އެންގި މައްސަލައަކީ ރ. އަލިފުށީގެ އެކި ސަރަހައްދުތަކުން ދޫކޮށްފައިވާ ބިންތަކުގެ ކުއްޔާއި ގުޅޭ މައްސަލައެކެވެ. ބިމުގެ ކުލީގެ ގޮތުގައި އަދި ޖޫރިމަނާގެ ގޮތުގައި އަލިފުށި ކައުންސިލަށް ޖުމްލަ 1.4 މިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.

އެއީ އަލިފުށިން 10 މީހަކަށް ދޫކޮށްފައިވާ 12 ބިމެއްގެ ކުލީގެ ތެރެއިން ސެޕްޓެމްބަރު 2020 އާ ހަމަޔަށް ނުލިބި ހުރި ކުލިކަމަށް އޭސީސީން ބުނެ އެވެ. އެ ފައިސާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ އަލިފުށި ކައުންސިލަށް އިއްޔެ އަންގައިފަ އެވެ.

އެ ކޮމިޝަނުން ދެން ފައިސާ ހޯދަން އެންގީ ހއ. ބާރަށު ކައުންސިލުން އަމިއްލަ ފަރުދަކާއެކު 2015 ވަނަ އަހަރު ހެދި އެއްބަސްވުމަކާއި ގުޅޭ ފައިސާ އެވެ. އެ އެއްބަސްވުން ބާތިލުކުރި މުއްދަތާއި ހަމަޔަށް ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އޭސީސީން ވަނީ ޖުމްލަ 11،759 ރުފިޔާ އަބުރާ ހޯދަން ބާރަށު ކައުންސިލަށް އަންގައިފަ އެވެ.