Advertisement

ކޮރަޕްޝަނާ ހެދި ގެއްލުނު 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އޭސީސީން އަންގައިފި

27 އޭޕްރީލް 2022 - 12:49 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އޭސީސީގެ އާ މެމްބަރުން. އެ މެމްބަރުން މަގާމާއި ހަވާލުވީ މިދިޔަ މާޗު މަސް ތެރޭ. ފޮޓޯ: އޭސީސީ


ކޮރަޕްޝަނާ ހެދި ގެއްލުނު 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އޭސީސީން އަންގައިފި

27 އޭޕްރީލް 2022 - 12:49 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ އެއް މަސް ދުވަސް ތެރޭގައި ތަހުގީގުކޮށް ނިންމި މައްސަލަތަކާ ގުޅިގެން 1.5 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެދި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަންއިން އަންގައިފި އެވެ.

އޭސީސީން މިއަދު ބުނީ އެ ކޮމިޝަނުގެ މިދިޔަ އެއް މަސް ދުވަހުގެ ތަހުގީގުތަކާ ގުޅިގެން ޖުމްލަ 1.5 މިލިއަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމަށް މިހާރު އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން މައްސަލަތަކަކާ ގުޅިގެން ހޯދާ ފައިސާއެއް ކަމެއް ނޫނީ ސީދާ ކޮން އިދާރާތަކަކަށް ނިސްބަތްވާ މައްސަލަތަކެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.

އޭސީސީއަށް އާ މެމްބަރުންތަކެއް އައްޔަނުކޮށް އެބޭފުޅުން މަގާމާއި ހަވާލުވީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. އެ ކޮމިޝަންގެ އާ ދައުރުގެ ރައީސްއަކަށް އައްޔަން ކުރެއްވީ އާދަމް ޝާމިލެވެ. އަދި ނައިބަކަށް އަބްދުއްސަލާމް އެވެ.

އާ މެމްބަރުން މަގާމާއި ހަވާލުވުމަށްފަހު ވަނީ ކޮމިޝަނުގެ މަސައްކަތްތައް އަވަސްކޮށް، ތަހުގީގުތައް އިތުރަށް ވަރުގަދަކޮށް، ނަތީޖާ ނެރުމަށް އަމާޒުހިފައިފަ އެވެ.

އަދި އާ މެމްބަރުންގެ ވިސްނުމުގައި ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލޭ ފައިސާ އަބުރާ ހޯދުމަށް ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް އެ މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އޭސީސީގެ ތަފާސްހިސާބުތައް ދައްކާގޮތުންނަމަ މިދިޔަ އަހަރު އެ ކޮމިޝަނުން ވަނީ 588 މައްސަލަ ބަލައިފަ އެވެ. ނަމަވެސް ދައުވާކުރަން ފޮނުވީ އެންމެ 22 މައްސަލައިގަ އެވެ.