Advertisement

5000އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު އީދު ބަންދުގައި ފަށަނީ

27 އޭޕްރީލް 2022 - 11:45 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭ ސްކޫލެއްގައި މިދިޔަ އަހަރު ބޭއްވި އިމްތިހާނެއްގެ ތެރެއިން-- ފޮޓޯ: އަދަދު


5000އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯ ލެވެލް އިމްތިހާނު އީދު ބަންދުގައި ފަށަނީ

27 އޭޕްރީލް 2022 - 11:45 0

މި އަހަރުގެ އޯ ލެވެލް އިންތިހާނު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ފަށާނެ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން ބުނެފި އެވެ.

ޖުމްލަ 5،393 ދަރިވަރުންނާއެކު ކުރިއަށްގެންދާ އެ އިމްތިހާނު ބާއްވަނީ އަންނަ މަހުގެ ހަތަރަކުން ޖޫން މަހުގެ 10ގެ ނިޔަލަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިމްތިހާނު ހަދާ ސެންޓަރުތަކަށް އިމްތިހާނު ކަރުދާސްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިމްތިހާނު ހަދާ ސެންޓަރުތަކަށް ޕޭޕަރުތައް ފޮނުވުމުގެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތް މިމަހުގެ 29 ވަަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ބެލުމުގެ ދަށުން ސްރީލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައާއި އަދި މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި އޯލެވެލް އިމްތިހާނު ކުރިއަށްދާނެ އެވެ.

މިދިޔަ ދެ އަހަރު، ކޯވިޑް ހާލަތު ގޯސްވުމާ ގުޅިގެން ބައެއް އިމްތިހާނުތައް ފަސްކުރި އެވެ. އެގޮތުން އިމްތިހާން ބާއްވާ ދުވަސްތަކަށް ބަދަލު ގެނެސް އަހަރު ވެސް އަހަރުވެސް ބަދަލު ކުރި އެވެ.

ރާއްޖޭގައި މީގެ ކުރިން ސާނަވީ އިމްތިހާނު ކުރިޔަށްގެންދަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު އަދި ނޮވެމްބަރުގަ އެވެ. ނަމަވެސް ކޮވިޑް ގެ ސަބަބުން 2020ވަނަ އަހަރު ސާނަވީ އިމްތިހާނު ފަސްކޮށް، މިހާރު އާ އަހަރުގެ ކިޔެވުން ފަށަނީ ކޮންމެ އަހަރެއްގެ މޭ ގަ އެވެ.