Advertisement

އެމްއައިބީގެ ހިއްސާއަކަށް 1.48ރ، ޖުމުލަ 33 މިލިއަން ބަހަން ބޯޑުން ނިންމައިފި

26 އޭޕްރީލް 2022 - 16:27 0

މޯލްޑިވްސް އިސްލާމިކް ބޭންކް: މިފަހަރު ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބެހުމަށް ނިންމި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެމްއައިބީގެ ހިއްސާއަކަށް 1.48ރ، ޖުމުލަ 33 މިލިއަން ބަހަން ބޯޑުން ނިންމައިފި

26 އޭޕްރީލް 2022 - 16:27 0

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާއަކަށް 1.488ރ. ގެ މަގުން، ޖުމްލަ 33 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމީ އުސޫލުން މާލީ ހިދުމަތް ދޭ ބޭންކު، އެމްއައިބީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް 33 މިލިއަން ރުފިޔާ ބެހުމަށްޓަކައި އާންމު އަހަރީ ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ނިންމީ މި މަހުގެ 24 ގައި ބޭއްވި ބައްދަލުވުމުގަ އެވެ.

އެ ބޭންކުގެ 12 ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނެ ދުވަސް އަދި އިއުލާނެއް ނުކުރެ އެވެ.

ދެހާސް ވިހި ވަނަ އަހަރު އެ ބޭންކުގެ ފައިދާއިން ހިއްސާ އަކަށް ބަހާފައި ވަނީ 1.225 ރ. އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި މާލީ ހިދުމަތްތައް ދިނުމަށް ހާއްސަ ބޭންކެއްގެ ގޮތުގައި އެމްއައިބީ ހުޅުވީ 2011 ވަނަ އަހަރު އެވެ. އެ ބޭންކް ފުރަތަމަ އުފެއްދީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އާއި އިސްލާމިކް ކޯޕަރޭޝަންގެ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ)ގެ 85 ޕަސެންޓް ހިއްސާއާ އެކު އެވެ. ނަމަވެސް، ފަހުން ސަރުކާރުން 10 ޕަސެންޓް ހިއްސާ އިތުރަށް ގަނެ، ސަރުކާރުގެ ހިއްސާގެ ނިސްބަތް 25 ޕަސެންޓަށް އިތުރުކުރި އެވެ.