Advertisement

އިޒްރޭލް ސިފައިން ފަލަސްތީނުގެ 12 މީހުން ހައްޔަރުކޮށްފި

25 އޭޕްރީލް 2022 - 08:10 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލް ސިފައިން ހުޅަނގު އައްސޭރީގައި އޮޕަރޭޝަނެއް ހިންގަނީ. -- ފޮޓޯ: އައި24 ނިއުސް


އިޒްރޭލް ސިފައިން ފަލަސްތީނުގެ 12 މީހުން ހައްޔަރުކޮށްފި

25 އޭޕްރީލް 2022 - 08:10 0

ފާއިތުވި ހަފުތާ ބަންދުގައި އިޒްރޭލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހުޅަނގު އައްސޭރިން ފަލަސްތީނުގެ 12 މީހުން ހައްޔަރުކޮށްފި އެވެ.

އިޒްރޭލުގެ ސިފައިންނާއި ޖާސޫސީ އިދާރާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅަނގު އައްސޭރީގެ ހިބްރޫން އާއި ޖެނިންއިން ބައެއް މީހުން ހައްޔަރު ކުރި އެވެ.

އިޒްރޭލުން ނެރުނު ބަޔާނުގައި ބުނީ އެއީ ޓެރަރިޒަމް ހުއްޓުވުމަށް ހިންގި އޮޕަރޭޝަނެއް ކަމަށާއި ތުހުމަތު ކުރެވޭ 12 މީހުން ހައްޔަރު ކުރި ކަމަށެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގައި ދިން އެކި ހަމަލާތަކުގައި 14 ޔަހޫދީން މަރުވެފައިވެ އެވެ. ފަލަސްތީނުގެ 24 މީހުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި ހަމަލާ ދިން މީހުން ވެސް ހިމެނެ އެވެ.

އިޒްރޭލުގައި ހިންގި ބައެއް ހަމަލާތައް ގުޅިފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) ގްރޫޕަށް ތާއީދު ކުރާ މީހުންނާ އެވެ.