Advertisement

ސަނީގެ 'ދޮން އަލަނާސި' މީރުވުމުގެ ސިއްރު!

21 އޭޕްރީލް 2022 - 11:27 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ސަނީގެ 'ދޮން އަލަނާސި' މީރުވުމުގެ ސިއްރު!

21 އޭޕްރީލް 2022 - 11:27 0

އަލަނާސީގެ ސިއްހީ ފައިދާއިން ފަށައިފި ނަމަ، ލިޔަން މި އުޅޭ ވާހަކަ ނުފެށޭނެ އެވެ. ހަށިގަނޑަށް މުހިންމު ގިނަ މާއްދާތައް އެކުލެވޭ ފައިދާ ގިނަ މޭވާ އެކެވެ. ހުތް ފޮނި ރަހައިން އަނގަޔަށް މީރު މި މޭވާ ދިވެހި ވެށީގައި އާންމުކޮށް ނުހެއްދި ނަމަވެސް، އެ މޭވާ އާއި އޭގެ އުފެއްދުންތަކާއި ކާބޯތަކެއްޗާއި ރަހަ ދިވެހިންނަށް ކަމުދެ އެވެ. ރޯދަ މަހުގެ ޝޮޕިން ލިސްޓާއި ސުފުރާ މައްޗަށް މުހިންމު ބާވަތަކަށް ވީ މިހެންވެ އެވެ.

އަހަރެން އެންމެ ކުޑައިރު، ރޯދަ މަހު އާންމުކޮށް ލިބޭ އެކައްޗަކީ އަލަނާސި ފަންޏެވެ. ތަޅުގައި ބަންދުކޮށްފައި ހުންނަ އަލަނާސި ކުދިކޮށް ކޮށައި، ދަޅުގައި ހުންނަ ސިރަޕާއެކު ފެނާއި ހަކުރު ވެސް އެއްކޮށް ގިރައިގެން ތައްޔާރުކުރާ އަލަނާސި ފަނީގެ ހަނދާނާއި ރަހަ މިހާރު ވެސް އާވެ އެވެ. ދަޅު އަލަނާސިއާ ގުޅިފައިވާ އަނެއް ހަނދާނަކީ، ވަށްކޮށް އެ އޮންނަ އަލަނާސި ފޮތި ހަލާކު ނުކޮށް ތަޅުން ނަގަން އުޅުނު ދުވަސްތަކާއި ފަނި ގިރުމުގެ ބަދަލުގައި އެ ފޮތި ހުހަށް ކެއުމެވެ. ހާދަހާ މީރެވެ.

އޭރު ބާޒާރުން ލިބެނީ މަދު ބްރޭންޑެކެވެ. ގިނަ ބްރޭންޑްތަކެއް މިހާރު ހަރުތަކުން ފެންނައިރު، ރަހަ ނުގެއްލޭ، ފެންވަރު ރަނގަޅު އަލަނާސި އެނގުން މުހިންމެވެ. ބައެއް އަލަނާސި ދަޅުތަކުގައި ހުންނަނީ، ދޮންވެ ފައްކާ ނުވަނީސް ކަނޑައި ބަންދުކޮށްފައި ހުންނަ އަލަނާސި އެވެ. އެފަދަ އަލަނާސި އާއި ދޮންވެ ފައްކާވެފައި ހުންނަ އަލަނާސީގެ ތަފާތު އެނގޭނީ ރަހައިންނެވެ. މިއަދު ބާޒާރުގައި އެ ފެންވަރުގެ އަލަނާސި ދަޅު ލިބެން އެބަ ހުއްޓެވެ. ސަނީ އެންޓަޕްރައިޒަސްގެ "ދޮން އަލަނާސީ"ގައި މި ބުނެވުނު ހުރިހާ ޝަރުތެއް ހަމައެވެ.

"ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށްގެން މި ގެންނަނީ ދޮން އަލަނާސި. އެއީ ހަމައެކަނި ވިޔަފާރި ބްރޭންޑެއް ނޫން. ދޮން އަލަނާސި ކިޔަނީ ވެސް ކޮލިޓީ ހިފެއްޓުމަށްޓަކައި ސީދާ ދޮންވެފައި ހުންނަ އަލަނާސި ބޭނުންކުރާތީ. ދޮންވެފައި ހުންނަ އަލަނާސީގެ ރަހަ އާއި ޅަ އަލަނާސީގެ ރަހަ، ދަޅުގައި ބަންދުކުރިޔަސް ތަފާތު ވާނެ،" ސަނީ އެންޓަޕްރައިޒަސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

މި ރަހަމީރު އަލަނާސި އުފައްދަނީ، ދުނިޔޭގައި އެންމެ ގިނައިން އަލަނާސި އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލެންޑުގަ އެވެ. މި ފަހަރު ދަޅުގެ ބޭރު ކުރެހުންގަނޑަށް ބަދަލެއް ގެނެސް ނަލަކޮށްލިއިރު، އޭގެ އަސްލު ރަހަ ވެސް އެހާ ނަލަ އެވެ.

މި އަލަނާސީގެ ރަހައިގެ ސިއްރު ފެށެނީ ދަނޑާ ހަމައިންނެވެ. ފެކްޓްރީއަށް އަލަނާސި ހޯދުމުގައި ވަރަށް ފަރުވާތެރިވެ އެވެ. ދަޅުގައި ބަންދުކުރަނީ އެންމެ ފެންވަރު ރަނގަޅު ގްރޭޑުގެ ދޮން އަލަނާސި އެވެ. ދިލަ ހޫނާއި އެހެން ސަބަބުތަކުން އަލަނާސި ގަނޑަށް ބަދަލެއް އައިސް، ނުވަތަ ހަލާކުވެފައި ހުރި ނަމަ ބޭނުމެއް ނުކުރެ އެވެ.

"އަޅުގަނޑުމެން އެތެރެ މިކުރާނީ ވަރަށް ތާޒާކޮށް އަލަނާސި ހުއްޓައި ބަންދުކޮށްފައި ހުންނަ ދަޅު. އެހެންވެ ކަސްޓަމަރުންގެ އިތުބާރު އޮންނަނީ. 'ދޮން އަލަނާސީ'ގެ ރަހައިގެ ސިއްރަކީ މި ކަންކަން،" އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ސަނީ އެންޓަޕްރައިޒަސްއިން ދޮން އަލަނާސި ބްރޭންޑްގައި އަލަނާސި ދަޅު އެތެރެކުރާތާ މިއީ ފަސް ވަނަ އަހަރެވެ. މި ބްރޭންޑްގެ 24 ގަޅުގެ ކޭހެއްގެ ހޯލްސޭލް އަގަކީ 500ރ. އެވެ. ސަނީގެ ވިޔަފާރި މާލެ އާއި އައްޑޫގައި ހިންގަ އެވެ.