Advertisement

އެސްޓީއޯ ހިޓާޗީ ޕްރޮމޯ: އަގުހެޔޮ އޭސީ، އަގުހުރި އިނާމު

12 އޭޕްރީލް 2022 - 14:13 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ހިޓާޗީ އޭސީ ޑިސްޕްލޭ: މިފަހަރުގެ ޕްރޮމޯގައި ޑިސްކައުންޓު ލިބެނީ 9ބީޓީޔޫ އާއި 12ބީޓީޔޫ އޭސީތަކުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެސްޓީއޯ ހިޓާޗީ ޕްރޮމޯ: އަގުހެޔޮ އޭސީ، އަގުހުރި އިނާމު

12 އޭޕްރީލް 2022 - 14:13 0

ހިޓާޗީ ބްރޭންޑުގެ އޭސީތަކުން ޑިސްކައުންޓު ލިބޭ ޕްރޮމޯ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ރީޖަނަލް އައުޓްލެޓުތަކުގައި މި މަހުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ފަސް ޕަސެންޓު ޑިސްކައުންޓު ލިބެނީ 9ބީޓީޔޫ އަދި 12 ބީޓީޔޫ އޭސީތަކުންނެވެ. މިއީ ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ސައިޒުތަކުގެ އޭސީ އެވެ.

އެސްޓީއޯ ހިޓާޗީ ޕްރޮމޯޝަނުގެ ތެރެއިން ގަންނަ ކޮންމެ އޭސީ ޔުނިޓަކަށް މި ޕްރޮމޯގެ ދަށުން ހިންގާ ލަކީޑްރޯގައި ބައިވެރިވާން ކޫޕަނެއް ލިބޭނެ އެވެ. ނަސީބުވެރި 10 ފަރާތަކަށް އިނާމުގެ ގޮތުގައި ހުށަހަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 10،000ރ. ގެ ގިފްޓު ވައުޗަރެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ހުންނަ ހިޓާޗީ އޭސީ ޑިސްޕްލޭ: މިފަހަރު ޕްރޮމޯޝަނުގައި ޑިސްކައުންޓު ދެނީ ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ސައިޒުތަކުގެ އޭސީތަކުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މި ލަކީޑްރޯ ނަގާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.