Advertisement

އުސޫލާ ހިލާފަށް ވަޒީފާ ދޭ މައްސަލައެއްގައި ހަޔާ އެޑިއުކޭޝަންގެ ޕީއެސް އާއި ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

3 އޭޕްރީލް 2022 - 14:03 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ހަޔާ އެޑިއުކޭޝަނުގެ ޕީއެސް ފާތިމަތު ހިލްމީ؛ އޭނާ ވަނީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަން ކުރައްވާފަ. ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ


އުސޫލާ ހިލާފަށް ވަޒީފާ ދޭ މައްސަލައެއްގައި ހަޔާ އެޑިއުކޭޝަންގެ ޕީއެސް އާއި ދެ މުވައްޒަފަކު ސަސްޕެންޑުކޮށްފި

3 އޭޕްރީލް 2022 - 14:03 0

ގަވާއިދާ ހިލާފަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަޒީފާ ދެމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ފާތިމަތު ހިލްމީ އަދި އެ މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ސިވިލް ސާވިލް ކޮމިޝަނު (ސީއެސްސީ) އިން ސަސްޕެންޑްކޮށްފި އެވެ.

އެ މިނިސްޓްރީގެ ޕީއެސް ފާތިމަތު ހިލްމީ އާއި ދެ މުވައްޒަފަކު މިދިޔަ ހަފްތާ ތެރޭ ސަސްޕެންޑްކޮށްފައިވާ ކަމަށް ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މި ނޫހަށް ކަށަވަރުކޮށްދެއްވި އެވެ. ސަސްޕެންޑްކުރި ދެ މުވައްޒަފުންނަކީ ވެސް އެ މިނިސްޓްރީގެ އެޗްއާރު ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ދެ މީހުން ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އަދި، އެ މީހުން ސަސްޕެންޑްކޮށްފައިވަނީ އެ މީހުންނާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ފަދަ ކަމެއް އެމީހުންގެ ފަރާތުން ކުރިމަތިވެދާނެތީ ކަމަށް ރަޝީދު ވިދާޅުވި އެވެ. އެމީހުން ސަސްޕެންޑްކުރަން ނިންމީ އެއީ ކޮންމެ ދުވަހަކު އޮފީހަށް ނިކުމެ މަސައްކަތްކުރާނަމަ، ތަހުގީގު ކުރަމުންދާ މައްސަލައިގައި ހިމެނޭ ހެކި ފަދަ ތަކެއްޗަށް ނުފޫޒު ފޯރުވައި ނައްތާލުމުގެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށް ރަޝީދު ވިދާޅުވި އެވެ.

ރަޝީދު އިތުރަށް ވިދާޅުވީ އެ މީހުންގެ މައްސަލަ ބަލައި އެއް މަސް ދުވަސް ތެރޭ ގޮތެއް ނިންމާނެ ކަމަށެވެ. އެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނުން ރަސްމީކޮށް އެއްވެސް މައުލޫމާތެއް އިތުރަށް ހާމައެއް ނުކުރެ އެވެ.

އެ މައްސަލައިގައި ސަސްޕެންޑުކުރި ފާތިމަތި ހިލްމީ ހަޔާ އެޑިއުކޭޝަންގެ ޕާމަންޓް ސެކްރެޓަރީއަކަށް އައްޔަނުކުރީ 2019 ގަ އެވެ. އޭނާ އަކީ އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމަންޓުގެ ދާއިރާ އިން މާސްޓާސް ހާސިލުކުރައްވައި ސިވިލް ސާވިސްގައި 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އަދި، އޭގެ ކުރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.