Advertisement

ރެސިޕީ: ޗޮކްލެޓް ލާވާ ކޭކް

2 އޭޕްރީލް 2022 - 07:40 0


ރެސިޕީ: ޗޮކްލެޓް ލާވާ ކޭކް

2 އޭޕްރީލް 2022 - 07:40 0

ރޯދަ ވީއްލާ ވަގުތުގެ ސުފުރާ މައްޗަށް ފޮނިކާއެއްޗެހި ގިނަވެފައި އޮތަސް، އަނގައަށް މީރު ކާއެއްޗެއް ތައްޔާރުކުރުމަކީ ނުވަތަ އޯޑަރު ދިނުުމަކީ އާދައަކަށް ވެފައި އޮތް ކަމެކެވެ. އެހެންވެ، މިފަހަރު މި ބުނެދެނީ ގިނަ ބަޔަކަށް މީރު ލާވާ ކޭކް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 15 ގްރާމް ފުށް
  • 45 ގްރާމް ބަޓާ
  • 45 ގްރާމް ކާޑް ޗޮކްލެޓް
  • 20 ގްރާމް ހަކުރު
  • 1 ބިސް (ރީނދޫބައި)
  • 1 ބިސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރު އަދި ކޮކޯ ޕައުޑާއާ އެއްކޮށްލާށެވެ. އެއަށްފަހު ޗޮކްލެޓްކޮޅާއި ހަކުރު ތައްޓެއް ތެރޭގައި ދިޔާކޮށްލާށެވެ. ދިޔާވުމުން ނެގުމަށްފަހު ހިހޫވަންދެން ބަހައްޓާލާށެވެ.

އެއަށްފަހު އެއް ބިސް އަދި އިތުރަށް ނެގި ބިހުގެ ގޮބޮޅި ވަކިން ތައްޓެއްގައި އެއްކޮށްލާށެވެ. ބިސްކޮޅު އެއްކުރަމުން ދިޔާކުރި ޗޮކްލެޓާއި ބަޓަރު އެއްކޮށްފައި ފުށްކޮޅު އަޅާފައި ގިރާލާށެވެ.

ގިރާ ނިމުމުން މަފިން ކަޕްތަކުގެ މެދާހަމަޔަށް ފިލްކޮށްލާފައި މަފިން ޓްރޭއެއްގައި އަތުރާލައި، 5-6 މިނެޓް ވަންދެން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާށެވެ.

ފިހެވުމުން ކޭކު, ވެނީލާ އައިސްކްރީމާ އެކު ސުފުރާ މައްޗަށް ނަގާށެވެ.

އެޑިޓަރުގެ ނޯޓު


ރެސިޕީ ތައްޔާރުކުރީ، މި ރޯދަ މަހު "އަދަދު"ން ގެނެސްދޭ ކުކިން ޝޯ، "މީރު ބައިޓްސް"ގައި ގެނެސްދޭ ކާ ތަކެތި ތައްޔާރުކޮށް، އެ ޝޯ ހުށަހަޅައިދޭ، އާމިނަތު މައުރީނާ (މައު) އެވެ.