Advertisement

ރޯދަ މަހުގެ ކޮންމެ ދުވަހަކު މީޑިއާނެޓުން ހަދިޔާއެއް!

2 އޭޕްރީލް 2022 - 11:21 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ


ރޯދަ މަހުގެ ކޮންމެ ދުވަހަކު މީޑިއާނެޓުން ހަދިޔާއެއް!

2 އޭޕްރީލް 2022 - 11:21 0

މީޑިއާނެޓްގެ ފެމިލީ ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތަކަށް އަދި ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށް ކޮންމެ ދުވަހަކު އިނާމު ލިބުމުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތް ދޭ ކުންފުނި، މީޑިއާ ނެޓުން ބުނީ ފެމިލީ ޕެކޭޖުން ފެށިގެން މަތީގެ ޕެކޭޖްތަކަށް އަދި ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް 1،000ރ. ގެ ގިފްޓް ކާޑެއް ލިބޭނެ ކަމަށެވެ. މި ފުރުސަތު އޮންނާނީ ރޯދަ މަހުގެ ނިޔަލަށެވެ.

މީޑިއާނެޓުން ދޭ އަނެއް ހަދިޔާއަކީ، އެމްއެސް ޑިޖިޓަލް އެޕްގެ ސްޓާޓާ ޕެކޭޖަށް ދެ މަހަށް ސަބްސްކްރައިބް ކޮށްގެން އިތުރު އެއް މަސް ހިލޭ ލިބޭނެ ގޮތް ވުމެވެ. އެމްއެސް ސްޓާޓާ ޕެކްއަކީ އެމް އެސް ޑިޖިޓަލް އެޕްއަށް ހާއްސަކުރެވިފައިވާ ޕެކޭޖްއެކެވެ. މީޑިއާނެޓްގެ ޗެނަލްތައް އެމް އެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ފޯނުން އަދި ޓެބްލެޓުން ވެސް ބަލާލެވޭނެ އެވެ.

އެމްއެސް ސްޓާޓާ ޕެކެޖް، އެންމެ 100 ރުފިޔާގެ ސަބްސްކްރައިބް ކޮށްގެން ތިން މަހަށް ބޭނުންކޮށްލެވޭނެ އެވެ.


މީޑިއާނެޓްގެ ލިސްޓަށް އިތުރު ފުރިހަމަ ކަމެއް، މިފަހަރު ސިނަމާޗީގެ ތިން ޗެނަލެއް

މީޑިއާނެޓުގެ ޗެނަލް ލިސްޓަށް މި ފަހަރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ސިނަމާޗީ ތިން ޗެނަލެއް ބަލާލެވޭނެތީ އެވެ. ސިނަމާޗީ އެކްޝަން, ސިނެމާޗީ ފިލްމް އަދި ސިނަމާޗީ ސްކްރީމްގައި ހޮލީވުޑްގެ އެންމެ ފަހުގެ އަދި ބެލުންތެރިންގެ ތެރޭގަ އެންމެ މަޝްހޫރު ފިލްމްތައް ހިމެނެ އެވެ. ސިނަމާޗީ އެކްޝަން ފެނިގެން ދާނީ ޗެނަލް ނަމްބަރު 801، ސިނަމާޗީ ފެމިލީ ޗެނަލް ނަމްބަރު 802 އަދި ސިނަމާޗީ ސްކްރީމް ޗެނަލް 804 އިންނެ އެވެ.