Advertisement

ސުލޫކީ މައްސަލަ ކުރިމަތިވި ފަނޑިޔާރުންތަކެއް ސަލާމަތްވެއްޖެ


ސުލޫކީ މައްސަލަ ކުރިމަތިވި ފަނޑިޔާރުންތަކެއް ސަލާމަތްވެއްޖެ

ކޮވިޑްގެ ހާލާތުގައި ފަނޑިޔާރުންނަށް އިރުޝާދުދީފައިވާ ގޮތާ ހިލާފުވުމުން ސުލޫކީ މިންގަނޑުން ބޭރުވި ފަނޑިޔާރުންތަކެއްގެ މައްސަލަ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލައި, ނިންމައިފި އެވެ.

ކޮވިޑްގެ ބަލިމަޑިކަމުގެ ހާލަތު ގޯސްވުމާއި ގުޅިގެން ސަރުކާރު ބަންދުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާ، އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް އަންގާފައިވުމުން ސުޕްރީމް ކޯޓުން ވަނީ ޝަރީއަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދީފަ އެވެ.

ނަމަވެސް އެ އިރުޝާދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ޖޭއެސްސީއަށް ފާހަގަކުރެވިގެން 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގުކުރަން ފެށި އެވެ. އޭގެތެރެއިން 15 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް މިއަދު އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބާކީ ތިބި ދެ ފަނޑިޔާރުންނާ މެދު އަމަލުކުރި ގޮތެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމެވި ފަނޑިޔާރުން

  • ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާޙީމް އިސްމާއީލް
  • ޑްރަގް ކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރު
  • ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް
  • ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު
  • މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް
  • ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު
  • ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
  • ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
  • ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ޝަރީފް
  • ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު
  • ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސައީދު އަލީ
  • ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
  • ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު
  • ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
  • ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު