Advertisement

ްބްރެޒިލުން ޗިލީ ބަލިކުރުމާ އެކު އެކުއެޑޯ އާއި އުރުގުއޭ ވޯލްޑް ކަޕަށް

25 މާރިޗު 2022 - 11:46 0

ުއުރުގުއޭގެ އަރަސްކައޭޓާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ްބްރެޒިލުން ޗިލީ ބަލިކުރުމާ އެކު އެކުއެޑޯ އާއި އުރުގުއޭ ވޯލްޑް ކަޕަށް

25 މާރިޗު 2022 - 11:46 0

މޮންޓެވީޑޯ، އުރުގުއޭ (މާޗް 25) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ ބުރުގައި ރޭ ބްރެޒިލުން 4-0 އިން ޗިލީ ބަލިކުރިއިރު، އެ ނަތީޖާގެ އެހީގައި އުރުގުއޭ އާއި އެކުއެޑޯ އަށް ވޯލްޑް ކަޕްގެ ޖާގަ ކަށަވަރުވެއްޖެ އެވެ.

ބްރެޒިލާއި އާޖެންޓީނާ ވަނީ މީގެ ކުރިން ވެސް ވޯލްޑް ކަޕްގެ ޖާގަ ޔަގީންކޮށްފަ އެވެ. ދެކުނު އެމެރިކާގެ ކޮލިފައިން އިން ބާކީ ދެ ޖާގަ ހޯދާނެ ޓީމެއް އޮތީ ފޯރިގަދަވެފަ އެވެ. އެ ދެ ޖާގަ އުރުގުއޭ އާއި އެކުއެޑޯ އަށް ލިބުމުގައި ރޭ ބްރެޒިލް ނެރުނު ނަތީޖާ މުހިންމު ރޯލެއް ކުޅުނެވެ.

ކޮލިފައިން ތާވަލުގެ އެއް ވަނައިގައި ބްރެޒިލް އޮތީ 16 މެޗުން 42 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާޖެންޓީނާ އަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އެކުއެޑޯ އާއި ހަތަރެއްގައި އޮތް އުރުގުއޭ އަށް 17 މެޗުން ވަނީ 25 ޕޮއިންޓް ލިބިފަ އެވެ. އެކުއެޑޯ ރޭ ވަނީ ޕެރަގުއޭ އަތުން 3-1 އިން ބަލިވެފަ އެވެ. ޕެރޫ އަތުން އުރުގުއޭ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ޗިލީގެ ސަންޗޭޒް (ކ) އަތުން ބޯޅަ ހޯދަން ނޭމާ މަަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ


ބްރެޒިލުން ރޭ ޗިލީ ކޮޅަށް ގޯލުތައް ޖެހީ ފުރަތަމަ ހާފުގައި ޕެނަލްޓީ އަކުން ނޭމާ އާއި ވިނީޝިއުސް ޖޫނިއާ އެވެ. ދެ ވަނަ ހާފުގައި ބްރެޒިލަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކުރީ ފިލިއްޕޭ ކުޓީނިއޯ އެވެ. މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ފަހު ގޯލު ޖެހީ ރިޗާލިސަން އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ދާދި ފަހުން އިނގިރޭސި ކްލަބް، ނިއުކާސަލް ޔުނައިޓެޑަށް ބަދަލުވި ބްރޫނޯ ގިމާރޭސް އެވެ.

ޕެރޫ އަތުން އުރުގުއޭ މޮޅުކޮށްދިން ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގައި ޖިއޯޖިއާން ޑީ އަރަސްކައޭޓާ އެވެ.

ދެކުނު އެމެރިކާ ކޮލިފައިން އިން އިންޓަ ކޮންޓިނެންޝިއަލް ޕްލޭއޮފަށް ހޮވޭނީ ހަތަރު ވަނަ އަށް ދާ ޓީމެކެވެ. އެ ޖާގަ އަށް ތިން ޓީމެއް ވާދަކުރެ އެވެ. އެއީ މި ވަގުތު ފަސް ވަނައިގައި އޮތް ޕެރޫ އާއި ހަ ވަނައިގައި އޮތް ކޮލަމްބިއާ އަދި ހަތް ވަނައިގައި އޮތް ޗިލީ އަށެވެ.

ބާކީ އެއް މެޗު މި ތިން ޓީމަށް ވެސް އޮތްއިރު، މި ވަގުތު ޕެރޫ އަށް 17 މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ކޮލަމްބިއާ އަށް 17 މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، ޗިލީގެ އޮތީ 17 މެޗުން 19 ޕޮއިންޓެވެ.

ފަހު މެޗުތަކަށް ބަލާއިރު، ޕެރޫ އަމިއްލަ ދަނޑުގައި ކުޅޭނީ ޕެރަގުއޭއާ އެވެ. ވެނެޒުއޭލާ ދަނޑުގައި ކޮލަމްބިއާގެ މެޗު އޮތްއިރު، ޗިލީން އަމިއްލަ ދަނޑުގައި ކުޅޭނީ އުރުގުއޭއާ އެވެ.