Advertisement

ސްޕައިސީ ނެޓް: އިންޑިއާގެ އަސްލު ރަހަ އާއި ތާސީރު ވިއްކަނީ

20 މާރިޗު 2022 - 09:32 0


ސްޕައިސީ ނެޓް: އިންޑިއާގެ އަސްލު ރަހަ އާއި ތާސީރު ވިއްކަނީ

20 މާރިޗު 2022 - 09:32 0

"މާލޭގައި އިންޑިއާ ކާނާ ކާން ދާނެ ތަންތަން ވަރަށް ގިނަ. އެކަމަކު އަހަރެމެން މި ގެންނަނީ އަސްލު އިންޑިއާ ކާނާގެ ވަހާއި ރަހަ އާއި ތާސީރު،"

މާޗު 12 ވީ ހުކުރު ދުވަހު މާލޭގައި ހުޅުވި އިންޑިއާގެ ކެއުންތަކަށް ހާއްސަ "ސްޕައިސީ ނެޓް" ރެސްޓޯރަންޓްގެ ވެރިޔާ އަބްދުﷲ ޝަރީފް ފުރަތަމައިނުން ވެސް ތަފްސީލުކޮށް ދިނީ އިންޑިއާ ކާނާ ވިއްކުމުގެ ހަލަބޮލި، ވާދަވެރި މާކެޓްގެ ތެރެއަށް ފުންމާލަން އޭނާއަށް ޖެހުނު ސަބަބުތަކެވެ.

ބޭނުމަކަށް ވީ އިންޑިއާ ކެއުންތަކުގެ ރަހަ ނަކަލުކޮށްގެން ކެއްކުމުގެ ބަދަލުގައި ހަގީގީ ރަހަ، އޭގެ އެންމެ ތާޒާ ގޮތުގައި، ހެޔޮ އަގު ތަކެއްގައި ފޯރުކޮށްދިނުމެވެ. ގަލޮޅު، މޭޕްލް ލީފް، ގްރައުންޑް ފުލޯގައި ހުޅުވައި ހިދުމަތް ދެމުން އަންނަ "ސްޕައިސީ ނެޓް" އަކީ އޭނާގެ އެ ސޮލިއުޝަނެވެ.

"އަހަރެމެން ކައްކަން ބޭނުމެއް ނުކުރަން ޕެކެޓް ކޮށްފައި ހުންނަ ރެޑީ-ޓު-ކޫކް ހަވާދުގެ ސާމާނެއް. އިންޑިއާގެ ފާމްތަކާ ގުޅައިގެން އެތަންތަނުން ޑައިރެކްޓްކޮށް ހަވާދުގެ ބާވަތްތަކާއި ކެއްކުމުގައި ބޭނުންކުރާ ތަރުކާރީ ފަދަ ތަކެތި ތާޒާކޮށް މިކޮޅަށް ގެނެސްގެން މި ކައްކަނީ،" ޝަރީފު ބުންޏެވެ.

ސްޕައިސީނެޓް ގެ ބަޓާ ޗިކަން: މިތަނުގެ އެންމެ ހާއްސަ ކަމަކީ އިންޑިއާގެ އެންމެ އޮތެންޓިކް ރަހަ ގެންނަން ކުރާ މަސައްކަތް


އޭނާ ބުނީ "ސްޕައިސީ ނެޓް"ގެ އަގު ހެޔޮ ވާނެ ކަމަށެވެ. ކަސްޓަމަރުންނަށް ހޭދަކުރަން ފަސޭހަ، އަރާމު، މީރު ކާ އެއްޗެހި ލިބޭނެ ރެސްޓޯރަންޓަކަށް ހެދުމަކީ އުންމީދެއް ކަމަށެވެ.

ސްޕައިސީނެޓް ގެ ތަންދޫރީ ޗިކަން: އިންޑިއަން ކާނާ ވިއްކާ އެހެން ތަންތަނުގެ ރަހަ އާއި މިތަން ތަފާތުވާނެ ކަމަށް ބުނޭ


"މިސާލަކަށް ނަގާނަމަ މިތަނުގެ 'ދަމް ބިރިޔާނީ' އަކީ ތަފާތު ވަރަށް ރަހަގަނޑު މުއްސަނދި ކެއުމެއް ކަން ފާހަގަކުރެވޭނެ. މި ބިރިޔާނީ ތަައްޔާރު މިކުރަނީ އޯޑަރު ދިނުމުން ވަގުތުން ބަތްގަނޑެއް ހަދާފައި ދޭ އުސޫލަކުން ނޫން. މިއީ އެތަކެއް ގަޑިއިރު ކުރިއަށް ކެއްކުމަށް ފަހު ސާވްކުރާ ކެއުމެއް. އިންޑިއާގައި ދަމް ބިރިޔާނީ ކެއްކުމުގެ އެންމެ ދުވަސްވީ ގޮތަކީ ވެސް އެއީ،" ޝަރީފު ބުންޏެވެ.

ސްޕައިސީ ނެޓުން ރޯދަމަހަށް ހާއްސަ އަގުހެޔޮ ރޯދަވީއްލުމުގެ ޕެކޭޖް ތަކެއް ތައްޔާރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.