Advertisement

ހުލާސާކޮށް އިއްޔެ: ދިޔަމިގިލީ މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުން

15 މާރިޗު 2022 - 06:13 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ދިޔަމިގިލީގައި އެ ރަށު މުދިމު ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ--


ހުލާސާކޮށް އިއްޔެ: ދިޔަމިގިލީ މުދިމު ގަޔަށް ވަޅި ހެރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުން

15 މާރިޗު 2022 - 06:13 0

ތ. ދިޔަމިގިލީ މިސްކިތު މުދިމުގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ އިއްޔެ އެވެ.

އެ ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ފުލުހުން ވަނީ އެ މައްސަލަ ރިޕޯޓްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

އޭނާގެ މި ހަމަލާ އަމާޒުވީ ތ. ދިޔަމިގިލީ މަސްޖިދުލް އަމާނާތުގެ މުދިމަކަށް މީގެ ހަތަރު ދުވަސް ކުރިން ހަމަޖެއްސި އުމުރުން 55 އަހަރުގެ އަހްމަދު ރަޝީދު އަށެވެ. އޭނާއަށް މިހާރު އަންނަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ވަނީ މި ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފަ އެވެ. އެ ވީޑިއޯގައި މުދިމަށް ހަމަލާ ދެނީ މަގުމަތީގައި ދެ މީހުން ވާހަކަ ދައްކަން ތިބެފަ އެވެ.

ހަމަލާ ދޭއިރު މުދިމު އިންނަނީ ބައިސްކަލެއްގެ މަތީގައި މަޑުކޮށްލައިގެން ވާހަކަ ދައްކާށެވެ. އެއަށްފަހު ކުއްލިއަކަށް ފެންނަނީ ވާހަކަ ދައްކަން ހުރި މީހާ މުދިމު ގަޔަށް ވަޅި ހަރާތަނެވެ. މުދިމުގެ ކަނދުރާމަތިން ބުރަކަށްޓަށް ފަސް ވަރަކަށް ފަހަރު ވަޅި ޖެހުމަށް ފަހު ދާން އުޅެފައި އަނެއްކާ އަނބުރާލާފައި ގޮސް ކައިރިވެ މޭ މައްޗަށް ވަޅި ޖަހަން އުޅޭތަން ފެނެ އެވެ.

ދެން އަނެއްކާވެސް މުދިނުމުގެ ބުރަކަށި މައްޗަށް ފަސް ވަރަކަަަަށް ފަހަރަށް ވަޅި ޖަހަ އެވެ. އެއަށްފަހު އޭނާ މުދިމު ދޫކޮށް ދަމުން ކައިރީގައި ވެލި އަޅާފައި ހުރި ބޮޑު ގޯންޏެއްގައި ވަޅީގައި ހޭކިފައި ހުރި ލޭތައް ފޮހެލަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާ މަނީ ލޯންޑަރިންގެ ދައުވާތަކުގެ ދިފާއުގެ ފަރާތުން ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނީ އިއްޔެ އެވެ.
  • މަޖުުބޫރު ކަމެއްގެ ގޮތުގައި އޮތް މާސްކް އެޅުން ނިމުމަކަށް ގެނެސް އެއީ އިހުތިޔާރީ ކަމަކަށް ހެދި ނަމަވެސް, ވިޔަފާރިތަކާއި އަމިއްލަ މީހުން ބޭނުންނަމަ އެއީ މަޖުބޫރު ކަމަކަށް ހެދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ބުނީ އިއްޔެ އެވެ.
  • ގާނޫނީ ހުސްކަމެއްގައި އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް އައްޔަނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ފަސް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެއްބަސްވުންތަކާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ މަޖިލިސް ޖަލްސާގައި ވިދާޅުވީ:

"ދިވެހި ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން ވެފައިވާ، އަސްކަރީ ގުޅުން ގާއިމްކުރުމުގެ އެއްބަސްވުންތަކާ ބެހޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަ ދައްކައި ފެތުރުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްްކާތެރިކަން ހުރި އަދި ދިވެހިރާއްޖެ އާއި ދޭދޭ ގައުމުތަކާ ދެމެދުގައި އޮންނަ ހާރިޖީ ގުޅުންތަކަށް ހީނަރުކަން އަތުވެދާނެ ކަމެއް،"

ދުވަހުގެ ފޮޓޯ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ރާއްޖެ އައުމުން އެއާޕޯޓުން އޭނާއަށް މަރުހަބާ ކިޔަނީ. އޭނާގެ އަތުގައި ފެތުމުގެ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް އޮވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދިރާސާތަކުން ކިޔާލުމަށް

"މޯލްޑިވްސް ޕަބްލިކް ޕްރޮކިޔުމަންޓް ސިސްޓަމް ސްޓަޑީ 2020"

މިއީ ނިމިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި މަސައްކަތްކުރާ އެންމެ ބޮޑު އެއް ޖަމްއިއްޔާ ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އާންމުކުރި ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ އުސޫލްތަކާއި އެކަންކަމަށް ފައިސާ ދިނުމުގައި އަމަލުކުރާ ގޮތްތައް ދެނެގަނެ އެ ސިސްޓަމްގައި ހުރި މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.