Advertisement

މީޑިއާނެޓް ވީޑިއޯ ކްލަބަށް "ދަރަކަ"؛ ދިވެހި ކްރައިމް ސްޓޯރީއެއް

14 މާރިޗު 2022 - 13:53 0


މީޑިއާނެޓް ވީޑިއޯ ކްލަބަށް "ދަރަކަ"؛ ދިވެހި ކްރައިމް ސްޓޯރީއެއް

14 މާރިޗު 2022 - 13:53 0

ކަޒްމިކް އިންޓަނޭޝަނަލް އާއި އައިފިލްމްސްގެ އެންމެ ފަހުގެ ފިލްމީ މަސައްކަތް، "ދަރަކަ" މިހާރު އޮތީ އާންމުންނަށް ދައްކާލުމުގެ އެންމެ ފަހުގެ މަރުހަލާގަ އެވެ. ރާއްޖޭގައި އިތުރުވަމުން އަންނަ ކުށްތަކާއި ސިޔާސީ މީހުންގެ ނުފޫޒު ކުށުގެ ވެށީގައި މޫލާފައި އޮތް މިންވަރު ދައްކުވައިދޭ "ކްރައިމް" ސީރީޒް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު އެވެ. - ސީރީޒް ނެރޭނީ މީޑިއާނެޓްގެ ވީޑިއޯ ކްލަބަށެވެ.

އަޒްހާން އިބްރާހިމް ލިޔެ، ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގެ ލީޑު ތަރިންގެ ލިސްޓުގައި އިފްނާޒް، ވާޝިޔާ، ސޫޒަން އިބްރާހިމް، ނަތާޝާ ޖަލީލު ފަދަ ތަރިން ހިމެނެ އެވެ.

މީޑިއާނެޓުން ބުނީ، ދަރަކަ އަކީ ވީޑިއޯކްލަބަށް އިތުރުވާނެ ހާއްސަ އަދި ތަފާތު ސީރީޒަކަށް ވާނެ ކަމަށެވެ.

މީގެ ކުރިން ވެސް އިޖުތިމާއީ މައްސަލަތަކަށް ފިލްމީ މަސައްކަތްތަކެއް ކޮށްފައިވާ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ މި ސީރީޒް ގައި ފެންނާނީ، މަތީ މީހެއްގެ އަންހެން ދަރިއަކު ގެއްލިގެން ހައި ޕްރޮފައިލް ކޭސް އެއްގެ ގޮތުގައި އެ މައްސަލަ، ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރަކާ ހަވާލުކުރާ ހިސާބުން ވާ ކަންތައްތަކެކެވެ. އަދި ގެއްލިގެން އުޅޭ އަންހެން ކުއްޖާ ހޯދުމަށް މައުލޫމާތުތައް އެއްކުރަމުން ޖަވާބުތައް ހޯދަމުން އަންނަ އިރު އޭނާ އަށް އަންނަ ފިއްތުންތަކާއި އެކަންތައްތަކުގެ ތެރޭގައި ދިމާވާ ގޮންޖެހުން ތަކެވެ.

ވީޑިއޯ ކްލަބްގެ ދިވެހި ކޮންޓެންޓް އިތުރު ކުރުމަށް މީޑިއާ ނެޓުން މިހާރު އަންނަނީ ދިވެހި ޕްރޮޑިއުސަރުންނާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް އެ ކުންފުނިން ވަނީ "ދެކެދެކެވެސް" އާ ގުޅިގެން އާ ވެބް ސީރީޒެއް ވެސް ވީޑިއޯކްލަބް އަށް ނެރެފަ އެވެ.