Advertisement

ނިޔުކްލިއާ ޑީލާ ގުޅިގެން ރަޝިއާއިން ކުރަނީ ބޭކާރު ޑިމާންޑުތަކެއް: އެމެރިކާ

7 މާރިޗު 2022 - 07:24 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން. -- ފޮޓޯ: އޭއެފްޕީ


ނިޔުކްލިއާ ޑީލާ ގުޅިގެން ރަޝިއާއިން ކުރަނީ ބޭކާރު ޑިމާންޑުތަކެއް: އެމެރިކާ

7 މާރިޗު 2022 - 07:24 0

ވޮޝިންޓަން، އެމެރިކާ (މާޗް 6) - އިރާނުގެ ނިޔުކްލިއާ ޑީލާ ގުޅޭ ގޮތުން ރަޝިއާއިން ކުރަމުން ދަނީ "ބޭކާރު" ޑިމާންޑުތަކެއް ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ހޮނިހިރު ދުވަހު ވިދާޅުވީ އިރާނާ އެކު ސޮއިކުރާ ނިޔުކްލިއާ އެއްބަސްވުމަށް ތާއީދު ކުރެވޭނީ އެމެރިކާއިން ގެރެންޓީތަކެއް ދިނުމުން ކަމަށެވެ.

އޭނާ އެގޮތަށް ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކޮށްފަ އެވެ.

އޭނާ ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އާއި އިރާނާ ދެމެދު އޮންނަ ވިޔަފާރި، އިންވެސްޓްމެންޓް އަދި އަސްކަރީ، ޓެކްނިކަލް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ގެރެންޓީ ލިޔުމުން އެމެރިކާއިން ދޭން ޖެހޭނެ ކަމަށެވެ.

ނަމަވެސް އާދީއްތަ ދުވަހު ބްލިންކެން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކުގެ ސަބަބުން އެޅި ފިޔަވަޅުތަކާ އިރާނުގެ ނިޔުކްލިއާ އެއްބަސްވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެއީ އެއްވެސް ގޮތަކަށް ގުޅުމެއް ހުރި ދެ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ހީވަނީ އެއީ ހުސް ބޭކާރު ވާހަކަތަކެއްހެން،" ޔޫކްރެއިންގެ ހުޅަނގު ދެކުނު ބޯޑަރު ކައިރީގައި އޮންނަ މޯލްޑޯވާގައި ހުންނަވާ ސީބީއެސްއަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވި އެވެ.

"ނިޔުކްލިއާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން އިރާނަށް ނުލިބުމުގެ ފައިދާ ކުރާނީ ހަމައެކަނި އެމެރިކާއަކަށް ނޫން، ރަޝިއާއަށް ވެސް ފައިދާވާނެ."