Advertisement

އިރާނުގެ ނިޔުކްލިއާ ޑީލަށް ތާއީދު ކުރެވޭނީ އެމެރިކާއިން ގެރެންޓީއެއް ދިނުމުން: ރަޝިއާ

6 މާރިޗު 2022 - 08:19 3

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް. -- ފޮޓޯ: އޭއެފްޕީ


އިރާނުގެ ނިޔުކްލިއާ ޑީލަށް ތާއީދު ކުރެވޭނީ އެމެރިކާއިން ގެރެންޓީއެއް ދިނުމުން: ރަޝިއާ

6 މާރިޗު 2022 - 08:19 3

މޮސްކޯ، ރަޝިއާ (މާޗް 5) - އިރާނާ އެކު ސޮއިކުރާ ނިޔުކްލިއާ އެއްބަސްވުމަށް ތާއީދު ކުރެވޭނީ އެމެރިކާއިން ގެރެންޓީތަކެއް ދިނުމުން ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ވިދާޅުވެއްޖެ އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ރަޝިއާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތްކޮށްފަ އެވެ.

"އެއްބަސްވުން ވަރަށް އޮމާންކޮށް ކުރިޔަށް ދިޔުމުގެ ފުރުސަތު އޮތް. އެކަމަކު ހުޅަނގުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި، އަދި އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅުތަކާ ހެދި، ގާނޫނީ ގޮތުން އުފެދޭ ސުވާލުތަކަށް ޖަވާބު ބޭނުންވޭ،" ލެވްރޯވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާ އާއި އިރާނާ ދެމެދު އޮންނަ ވިޔަފާރި، އިންވެސްޓްމެންޓް އަދި އަސްކަރީ، ޓެކްނިކަލް ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ގެރެންޓީ ލިޔުމުން އެމެރިކާއިން ދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމީ ޖަވާބެއް، ވަރަށް ސާފު ޖަވާބެއް. އެއީ ނިޔުކްލިއާ ޑީލްގައި ފާހަގަކޮށްފައިވާ ވިޔަފާރި އާއި އިގްތިސާދު އަދި އިންވެސްޓްމަންޓާ ގުޅޭ ކަންކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ފުރިހަމަ ގެރެންޓީ."

ލެވްރޯވް ވިދާޅުވީ ނިޔުކްލިއާ ޑީލްގެ ދަށުން ނިޔުކްލިއާ ހަތިޔާރު މަނާ ކުރުމާ ގުޅޭ ގަވާއިދުތަކާ އެއް ގޮތަށް އިރާނުގައި ހަކަތަ އުފެއްދުމުގެ ބޭނުމަށް ނިޔުކްލިއާ މަޝްރޫއު ކުރިއަށް ގެންދަން ރަޝިއާ އާއި ޗައިނާއަށް އެހީވެވޭނެ ކަމަށެވެ.