Advertisement

ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި 16 މީހުންނަށް އަނިޔާވެއްޖެ

22 ފެބުރުވަރީ 2022 - 11:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިސައިލް ހަމަލާއެއް.


ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި 16 މީހުންނަށް އަނިޔާވެއްޖެ

22 ފެބުރުވަރީ 2022 - 11:57 0

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށް ފޮނުވި ޑްރޯން ހަމަލާއްގެ ސަބަބުން 16 މީހުންނަށް އަނިޔާވެއްޖެ އެވެ.

މިއީ ފާއިތުވި ދެ ހަފްތާ ތެރޭގައި ހޫތީން ސައުދީގެ އެއާޕޯޓަކަށް ދިން ދެ ވަނަ ހަމަލާ އެވެ. ހޫތީން ދަނީ ގަވާއިދުން ސައުދީ އަރަބިއްޔާއަށް ޑްރޯން ހަމަލާތައް ދެމުންނެވެ.

"ޖަޒަންގައި ހުންނަ ކިންގް އަބްދުﷲ އެއާޕޯޓަށް އަމާޒުކޮށް ފޮނުވި ޑްރޯނެއް ވަނީ ވައްޓާލާފައި. އޭގެން ބުރައިގެން ދިޔަ ތަކެތި އެއާޕޯޓުގެ ތެރެއަށް ވެއްޓުނު،" ސައުދީ ޕްރެސް އެޖެންސީން ބުންޏެވެ.

އެކި ގައުމުތަކަށް ނިސްބަތްވާ 16 މީހުންނަށް އަނިޔާވި ކަމަށާއި ހޫތީން ކޮންޓްރޯލް ކުރާ ސަނާ އެއާޕޯޓުން ލޯންޗު ކުރި ހަމަލާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ޔަމަނުގެ ވެރިރަށް ސަނާ ކޮންޓްރޯލް ކުރަނީ ހޫތީންނެވެ. ޔަމަން ސަރުކާރުގެ އެދުމަކަށް ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ދަނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

މިދިޔަ ހަފްތާގައި ސައުދީގެ އަބްހާ އެއާޕޯޓަށް ވެސް ހޫތީން ހަމަލާއެއް ފޮނުވި އެވެ. އެ ހަމަލާ ވެސް ފޯރުމުގެ ކުރިން ހުއްޓުވި ނަމަވެސް، 12 މީހުންނަށް އަނިޔާވި އެވެ.

އަބްހާ އެއާޕޯޓަށް ދިން ހަމަލާގެ ރައްދުގައި ސައުދީ އަސްކަރީ ކޯލިޝަނުން ވަނީ ސަނާގައި ޓެލެކޮމްސް މިނިސްޓްރީ ކައިރީގައި ޑްރޯން ހަމަލާ ދޭން ބޭނުން ކުރާ ނިޒާމަށް ހަމަލާދޭ ހަލާކުކޮށްލާފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާއިން ބުނީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ހޫތީން ވަނީ 850 ޑްރޯން ހަމަލާ އާއި 400 ބެލިސްޓިކް މިސައިލް ސައުދީއަށް ފޮނުވާފައި ކަމަށާއި ޖުމްލަ 59 މީހުން މަރުވެފައިވާ ކަމަށެވެ.

ޔަމަން ޑޭޓާ ޕްރޮޖެކްޓުން ބުނާ ގޮތުގައި ސައުދީ އަސްކރީ ކޯލިޝަނުން މިދިޔަ ޖެނުއަރީ މަހު އެކަނިވެސް ޔަމަނަށް 401 ވައިގެ ހަމަލާ ދިނެވެ. އޭގެ އިތުރުން 2015 ވަނަ އަހަރުން ފެށިގެން ވައިގެ ހަމަލާތަކުގައި 9000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

އދ. އިން ލަފާކުރާ ގޮތުގައި ޔަމަން ހަނގުރާމައިގައި މަރުވެފައިވާ މީހުންގެ ޖުމްލަ އަދަދު 377،000 އަށް އަރާނެ އެވެ. އެއީ ހަމަލާތަކުގެ އިތުރުން، ބަނޑުހައި ހޫނުކަމާއި، ބަލިތަކާ ހެދި މަރުވި މީހުންގެ ތަފާސްހިސާބެވެ.