Advertisement

ނައިފަރު ސްކޫލުގެ އާ އިމާރާތް ރައީސް ހުޅުއްވައި ދެއްވައިފި

20 ފެބުރުވަރީ 2022 - 15:07 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ނައިފަރު މަދުރަސަތުލް އިފްތިތާހުގެ 10 ކްލާސްރޫމްގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވަނީ: އެ ސްކޫލަށް ރައީސް ކުރެއްވި ޒިޔާރަތުގައި ސްކޫލުގެ ވެރިންނާއި މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައި-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ


ނައިފަރު ސްކޫލުގެ އާ އިމާރާތް ރައީސް ހުޅުއްވައި ދެއްވައިފި

20 ފެބުރުވަރީ 2022 - 15:07 0

ޅ. ނައިފަރު ސްކޫލުގައި ސަރުކާރުން އިމާރާތްކުރި 10 ކްލާސްރޫމްގެ އާ އިމާރާތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުޅުއްވައިދެއްވައިފި އެވެ.

އެ ރަށު މަދުރަސަތުލް އިފްތިތާހުގައި އިމާރަތް ކޮށްފައި ވަނީ ތިން ބުރީގެ އިމާރާތެކެވެ. އެ އިމާރާތުގައި 10 ކްލާސްރޫމްގެ އިތުރުން ސްޓާފްރޫމަކާއި އޭވީ ރޫމެއް ހިމެނެ އެވެ.

އެ ސްކޫލަށް ރައީސް ކުރެއްވި ޒިޔާރަތުގައި ސްކޫލުގެ ވެރިންނާއި މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފަ އެވެ.

މަދުރަސަތުލް އިފްތިތާހަކީ ފާދިއްޕޮޅުގައި ހުރި އެންމެ ދުވަސްވީ ސްކޫލެވެ. ޖޫން 22، 1933 ގައި ހުޅުވި މަދުރަސަތުލް އިފްތިތާހަށް މިއަހަރު 89 އަހަރު ފުރޭނެ އެވެ. އެއީ، ރާއްޖޭގެ ދެވަނައަށް އެންމެ ދުވަސްވީ ތައުލީމީ ބިނާ އެވެ.

އެ ސްކޫލްގައި 1000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާއިރު 93 މުދައްރިސުން ހިމެނޭހެން 127 މުވައްޒަފުން މަސައްކަތްކުރަމުންދެ އެވެ.

ޅ. އަތޮޅަށް ރައީސް ކުރައްވާ އެ ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރާއި ނައިފަރަށް ވަޑައިގެންފައިވާއިރު، މިހާރު ވަޑައިގެންފައި ވަނީ އެ އަތޮޅު އޮޅުވެލިފުއްޓަށެވެ. މީގެ އިތުރުން ކުރެންދޫއަށް ވަޑައިގެންނެވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.