Advertisement

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މިނިސްޓަރުގެ ތިން ވައުދެއް

19 ފެބުރުވަރީ 2022 - 16:31 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

2022 ގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަވިސަސް އާއިޝަތު މުހައްމަދު ދީދީ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މިނިސްޓަރުގެ ތިން ވައުދެއް

19 ފެބުރުވަރީ 2022 - 16:31 0

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މި އަހަރުގެ ގްލޯބަލް ޑިސެބިލިޓީ ސަމިޓްގައި މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީ ތިން ވައުދެއް ވެވަޑައިގެންފި އެވެ.

އެ ސަމިޓްގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކުގެ ބައިނަލްއަގުވާމީ މުއާހަދާ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް ގައިވާ ކަންކަން އިތުރަށް ތަންފީޒުކުރުމުގެ މަސައްކަތަށް އަމަލީ ސިފައެއް ގެނައުމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މި ސަމިޓްގެ ބައިވެރިން ވަނީ އެކި ވައުދުވެފަ އެވެ. އެގޮތުން 171 ފަރާތަކުން ޖުމްލަ 968 ވައުދެއް ވެފައިވެ އެވެ.

ރާއްޖޭގައި ދިރުއުޅޭ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތަކުގެ ހައްގުގައި މިނިސްޓަރު މި ސަމިޓްގައި ތިން ވައުދެއް ވެވަޑައިގެންނެވި އެވެ. އެއީ؛

  1. އިޖުތިމާއީ ރައްކާތެރިކަން އެންމެނަށް ހާސިލުވުމަށް މަގުފަހިވާނެ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުން.
  2. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސްކީމްތައް މިހާރަށް ވުރެ ފަސޭހަކަމާއެކު އެފަރާތްތަކަށް ވާސިލުވެވޭގޮތަށް ފޯރުކޮށްދިނުން.
  3. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިގުތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭގޮތަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން.

އިންޓަނޭޝަނަލް ޑިސެބިލިޓީ އެލަޔަންސް (އައިޑީއޭ) އަދި ނޯވޭގެ ސަރުކާރުން ގާނާގެ ސަރުކާރާ ގުޅިގެން މި ސަމިޓް ބާއްވާފައި ވަނީ މި މަހުގެ 16 އަދި 17 ވަނަ ދުވަހު ވާޗުއަލްކޮށެވެ.