Advertisement

ޔަމަނުގައި އދ. ގެ މުވައްޒަފުންތަކެއް ރަހީނުކޮށްފި

14 ފެބުރުވަރީ 2022 - 15:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނުގެ ތާއިޒްގައި އދ. ގެ ކާރެއް ކައިރީގައި ސެކިއުރިޓީ ބަލަހައްޓަނީ. -- ފޮޓޯ: އޭޕީ


ޔަމަނުގައި އދ. ގެ މުވައްޒަފުންތަކެއް ރަހީނުކޮށްފި

14 ފެބުރުވަރީ 2022 - 15:02 0

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގެ ދެކުނުގައި އދ. ގެ ފަސް މުވައްޒަފުން ރަހީނުކޮށްފި އެވެ.

އދ. ގެ ތަރުޖަމާނު އެރީ ކަނޭކޯ ވިދާޅުވީ އެ ފަސް މީހުން ރަހީނު ކުރީ "ފީލްޑް މިޝަނެއް ފުރިހަމަ ކުރުމަށް ފަހު" އަބްޔަން އިން އަދަން އަށް ދަތުރު ކުރަނިކޮށް ހުކުރު ދުވަހުގައި ކަމަށެވެ.

"އެ މީހުން މިނިވަން ކުރުމާ އދ. އިން ދަނީ ކަމާ ބެހޭ އިދާރާތަކާ ވަރަށް ގާތުން މުއާމަލާތު ކުރަމުން،" ކަނޭކޯ ވިދާޅުވި އެވެ.

ރަހީނު ކުރުމުގެ ފަހަތުގައި ތިބީ ކޮން ބަޔެއް ކަމެއް އަދި ސާފެއް ނޫނެވެ.

ޔަމަނުގައި 2014 ވަނަ އަހަރު ފެށި ދާހިލީ ހަނގުރާމައިގައި ހޫތީން ވެރިރަށް ސަނާ ހިފުމުން، ގާނޫނީ ސަރުކާރުގެ މައި ރަށަކީ މިހާރު އަދަން އެވެ.

ޔަމަން ސަރުކާރުގެ އެދުމަށް ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނަކުން ދަނީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ. ބައެއް ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް އެހީވަނީ އިރާނުންނެވެ.

ޔަމަނުގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް އައުމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ.