Advertisement

އެމެރިކާގެ ހަނގުރާމަ މަތީ ޖެޓުތައް ޔޫއޭއީއަށް ފޮނުވަނީ

2 ފެބުރުވަރީ 2022 - 12:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ އެފް35އޭ ޖެޓެއް: ޔޫއޭއީއަށް އެމެރިކާގެ ޖެޓުތައް ފޮނުވަން ނިންމީ ހޫތީންގެ ޑްރޯން ހަމަލާތަކަށް ފަހުގައި. -- ފޮޓޯ: ބްލޫމްބާގް


އެމެރިކާގެ ހަނގުރާމަ މަތީ ޖެޓުތައް ޔޫއޭއީއަށް ފޮނުވަނީ

2 ފެބުރުވަރީ 2022 - 12:52 0

ޑުބާއީ، ޔޫއޭއީ (ފެބްރުއަރީ 2) - އެމެރިކާގެ އެންމެ ފަހުގެ އަސްކަރީ ޖެޓުތަކާއި މިސައިލް ހަމަލާ ހުއްޓުވަން ބޭނުން ކުރާ "ގައިޑެޑް މިސައިލް ޑިސްޓްރޯޔާ" ޔޫއޭއީއަށް ފޮނުވަން ނިންމައިފި އެވެ.

އެމެރިކާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އެކަން ހާމަކޮށްފައިވާ އިރު، ދާދި ފަހުން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ޔޫއޭއީ މިސައިލް ހަމަލާތަކެއް ފޮނުވާފަ އެވެ.

"މި ވަގުތު އޮތް ނުރައްކަލާ ދެކޮޅަށް ޔޫއޭއީއަށް އެހީވުމަށް" އަސްކަރީ ޖެޓުތަކާއި މިސައިލް ޑިސްޓްރޯޔާ ފޮނުވަން ނިންމީ ޑިފެންސް ސެކެޓްރީ ލޮއިޑް އޯސްޓިން އާއި އަބޫ ދާބީގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ދެމެދު ފޯނުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ޔޫއޭއީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުންޏެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގައި ހޫތީންނާ ދެކޮޅަށް ސަރުކާރުގެ ފައުޖަށް އެހީވާ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުގައި ޔޫއޭއީ ހިމެނެ އެވެ. ޖެނުއަރީ މަހު ހޫތީން ޔޫއޭއީއަށް އަމާޒުކޮށް ފޮނުވި ތިން ހަމަލާއެއްގައި ތިން މީހުން މަރުވި އެވެ.

އެ ހަމަލާތަކުގެ ތެރެއިން ދެ ވަނަ ހަމަލާ ފޮނުވީ އެމެރިކާގެ ފައުޖު މަޑުކޮށްގެން ތިބޭ އަލް ދަފްރާ ވައިގެ މަރުކަޒަށެވެ. އެ ތަނުގައި ތިބި ސިފައިން ވަނީ "ޕެޓްރިއޮޓް" އިންޓަސެޕްޓާ ހަމަލާތަކެއް ފޮނުވާލައި، މިސައިލްތައް ވައްޓާލާފަ އެވެ.

އެމެރިކާގެ ބަޔާނުގައި ބުނީ "ގައިޑެޑް މިސައިލް ޑިސްޓްރޯޔާ ޔޫއެސްއެސް ކޯލް" މަސައްކަތް ކުރާނީ ޔޫއޭއީގެ ކަނޑުގެ ސިފައިންނާ އެކު ކަމަށާއި އޭތި މަޑު ކުރާނީ އަބޫ ދާބީގެ ބަނދަރުގައި ކަމަށެވެ. އެއާ އެކު އަސްކަރީ ޖެޓުތައް ވެސް ފޮނުވާނެ އެވެ.

އޭގެ އިތުރުން ޔޫއޭއީއަށް "އަވަސް ޖާސޫސީ މައުލޫމާތު ދިނުން" ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް އެމެރިކާއިން ބުންޏެވެ.