Advertisement

ހޫތީންނަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅަން މަސައްކަތް ކުރަނީ

24 ޖަނަވަރީ 2022 - 18:53 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަރަބި ލީގް ބައްދަލުވުމުގައި ޔޫއޭއީގެ ސްޓޭޓް މިނިސްޓަރު ހަލީފާ ޝަހިން އަލް މަރާރް. -- ފޮޓޯ: އޭއެފްޕީ


ހޫތީންނަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅަން މަސައްކަތް ކުރަނީ

24 ޖަނަވަރީ 2022 - 18:53 0

ގާހިރާ، މިސްރު (ޖެނުއަރީ 23) - މިދިޔަ ހަފްތާގައި ޔަމަންގެ ހޫތީން ޔޫއޭއީ އަށް ދިން ހަމަލާއާ ގުޅިގެން، ހޫތީންނަކީ ޓެރަރިސްޓް ގްރޫޕެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށް އަރަބި ލީގުން ބުނެފި އެވެ.

ޖެނުއަރީ 17 ވަނަ ދުވަހު އަބޫ ދާބީގެ ތެޔޮ ފެސިލިޓީއަކާއި އެއާޕޯޓަކަށް ދިން ޑްރޯން ހަމަލާގެ ފަހަތުގައި ވަނީ ހޫތީންނެވެ. އެ ހަމަލާތަކުގައި ތިން މީހުން މަރުވެ، ހަ މީހުންނަށް އަނިޔާވި އެވެ.

އެއީ ޔަމަންގެ ހަތް އަހަރުވީ ދާހިލީ ހަނގުރާމާގައި ހޫތީން ޔޫއޭއީއަށް އަމާޒުކޮށް ހަމަލާ ދިން ފުރަތަމަ ފަހަރެވެ. ނަމަވެސް އެފަދަ ހަމަލާތައް މީގެ ކުރިން ވަރަށް ގިނައިން ސައުދީ އަރަބިއްޔާއަށް ފޮނުވި އެވެ.

އެ ހަމަލާއަށް ފަހު އަރަބި ލީގުން ބުނީ ހޫތީންނަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެ ޖަމިއްޔާގެ ބަޔާނެއްގައި ހަމަލާތައް ސިފަކުރީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއްގެ ގޮތުގަ އެވެ.

ހޫތީންނަކީ ޓެރަރިސްޓް ގްރޫޕެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި އެވެ. ނަމަވެސް މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ އެ ނިންމުން އަނބުރާ ގެންދަވާފަ އެވެ.

ނަމަވެސް ބައިޑެންގެ ސަރުކާރުން ވަނީ ހޫތީންގެ އިސްވެރިންނާ ދެކޮޅަށް ވަކިވަކިން ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ.

މިދިޔަ ހުކުރު ދުވަހު އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ހޫތީންގެ "ޓެރަރިސްޓް ހަމަލާތައް" ކުށްވެރިކޮށްފަ އެވެ. ޔޫއޭއީ އަކީ އެ މަޖިލީހުގެ ދާއިމީ ނޫން މެމްބަރު ގައުމެކެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް ހޫތީން ތެދުވުމުންނެވެ. ސައުދީ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު ސަރުކާރުގެ އެދުމަކަށެވެ.

ޔޫއޭއީއަކީ އެ ކޯލިޝަންގެ މެމްބަރު ގައުމެކެވެ. މި މަހުގެ ކުރީކޮޅުން ފެށިގެން ހޫތީން ވަނީ ޔޫއޭއީގެ ބޯޓެއް ވެސް ހައިޖެކްކޮށްފަ އެވެ.