Advertisement

ނަޝީދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

18 ޖަނަވަރީ 2022 - 11:01 1

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

ނަޝީދު ލަންކާގެ ބޮޑު ވަޒީރާ ރާޖަޕަކްސައާއެކު: ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް


ނަޝީދު ލަންކާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

18 ޖަނަވަރީ 2022 - 11:01 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު އިއްޔެގެ ވަގުތެއްގައި ސްރީލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސާއާ ބައްދަލު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިކަމާ ގުޅިގެން އޮފިޝަލް ޓްވީޓާ ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުގައި ރައީސް ނަޝީދުގެ މި ޒިޔާރަތަކީ އިހްތިރާމްގެ ޒިޔާރަތެކެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ކުރެއްވިފައި ވޭތޯ ނުވަތަ ނޫންތޯ އަދި ހާމަކޮށްފައެއްނުވެ އެވެ.

ރައީސް ނަޝީދު ލަންކާ އަށް ޒިޔާރަތް ކުރައްވާފައި ވަނީ ރަސްމީ ދަތުރުފުޅެއްގަ އެވެ. އެ މަނިކުފާނު ލަންކާއަށް ވަޑައިގަތީ ފަސްވަނަ ޔޫތް ޕާލަމެންޓުގެ ދެވަނަ ސެޝަން ޝަރަފްވެރިކޮށްދެއްވުމަށްޓަކައި އެ ގައުމުގެ ޔޫތް މިނިސްޓަރުގެ ދައުވަތަކަށެވެ.

ނަޝީދު ލަންކާއަށް ފުރާވަޑައިގަތީ ވަނީ މިދިޔަ އާދިއްތަ ދުވަހެވެ. ތިން ދުވަހުގެ އެ ދަތުރުފުޅަށް ފަހު ނަޝީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު އެވެ.