Advertisement

އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 26 މީހުން މަރުވެއްޖެ

18 ޖަނަވަރީ 2022 - 12:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީގެ ކުރިން އައި ބިންހެލުމެއްގައި ލިބުނު ގެއްލުން ބަލަނީ.


އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 26 މީހުން މަރުވެއްޖެ

18 ޖަނަވަރީ 2022 - 12:45 0

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 18) - ހުޅަނގު އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި 26 މީހުން މަރުވެއްޖެ އެވެ.

ބަދްގިސް ޕްރޮވިންސްގެ ތަރުޖަމާނު ބާޒް މުހައްމަދު ސަރްވަރީ ވިދާޅުވީ މީހުން މަރުވީ ގާދިސް ޑިސްޓްރިކްޓުގެ ގެތަކެއްގެ ފުރާޅު ވެއްޓުމުން ކަމަށެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ 5.3 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުން އައި ތިލަ ހިސާބަކުން ކަމަށެވެ.

"މަރުވި 26 މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނޭ،" އިތުރު ހަތަރު މީހުންނަށް ޒަހަމްވިކަން ފާހަގަކުރަމުން ސަރްވަރީ ވިދާޅުވި އެވެ.

ގާދިސް ޑިސްޓްރިކްޓުގެ އިތުރުން މުގްރް ޑިސްޓްރިކްޓަށް ވެސް ބިންހެލުމުގެ އަސަރު ކުރި އެވެ. ނަމަވެސް އެ ތަނުގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

އަފްގާނިސްތާނަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ގައުމެކެވެ. އެގޮތުން ޔޫރޭޝިއަން ޕްލޭޓާއި އިންޑިއަން ޕްލޭޓް ގުޅޭ ހިސާބުގައި ފަރުބަދަތައް ކައިރިން ވަރަށް ގިނައިން ބިންހެލުން އާދެ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު އެ ފަރުބަދަތައް ކައިރިން އައި 7.5 މެގްނިޓިއުޑްގެ ބިންހެލުމެއްގައި 280 މީހުން މަރުވި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން މަރުވީ އަވައްޓެރި ޕާކިސްތާނުންނެވެ.