Advertisement

ބްރޯޑްކާސްޓްކުރުމުގެ ފީތައް ކުޑަކޮށްފި

18 ޖަނަވަރީ 2022 - 10:54 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ބްރޯޑްކާސްޓިން ކޮމިޝަނުގެ ބައެއް މެމްބަރުން: އަލަށް ނެރުނު ގަވާއިދުގެ ދަށުން ފީތައް ވަރަށް ބޮޑަށް ކުޑަކުރި -- ފޮޓޯ: އަދަދު ފައިލް


ބްރޯޑްކާސްޓްކުރުމުގެ ފީތައް ކުޑަކޮށްފި

18 ޖަނަވަރީ 2022 - 10:54 0

ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރުގެ ފީ އާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.

ކުރިން އަމަލުކުރަމުން ދިޔަ ގަވާއިދަށް އިސްލާހު ގެނެސް އިއްޔެ އާންމުކުރި ބްރޯޑްކާސްޓްކުރުމުގެ އާ ގަވާއިދުގެ އެންމެ ބޮޑު ބަދަލަކީ ފީތަކަށް ގެނެސްފައިވާ ލުޔެވެ.

ރޭޑިއޯ ހިދުމަތެއް، ނުވަތަ ޓީވީގެ ހިދުމަތެއް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަށް ދައްކަންޖެހޭ ފީގެ އިތުރަށް، ބްރޯޑްކާސްޓިން ކޮމިޝަންގައި އެ ހިދުމަތް ރަޖިސްޓްރީކުރުމަށާއި ލައިސެންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ނަގާ ފީއަށް ބޮޑު އަދަދެއް ކުރިން ދައްކަންޖެހެ އެވެ.

ކުރިން ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން 2،000 ރުފިޔާ ދައްކަންޖެހޭއިރު، މިހާރު ދައްކަން ޖެހޭނީ 500 ރުފިޔާ އެވެ. އަހަރީ ފީތައް ވެސް ވަނީ ދެ ބައިކުޅަ އެއްބައި ކުޑަކޮށްފަ އެވެ.

ކުރިން ބްރޯޑްކާސްޓިން ހިދުމަތްތައް ގިންތި ތަކަކަށް ބަހާލާފައި އޮތަސް، އާ ގަވާއިދުގައި އަހަރީ ފީ ދެއްކުމުގައި އޮތް އެ ތަފާތު ވަނީ ނައްތާލާފަ އެވެ. މިހާރު ކޮންމެ ބާވަތެއްގެ ހިދުމަތަކަށް ވިޔަސް ރޭޑިއޯ ނަމަ އަހަރީ ފީއަކީ 10،000 ރުފިޔާ އެވެ. ޓީވީއެއް ނަމަ 20،000 އެވެ. އޭގެ އިތުރުން ސްޓްރީމްކޮށްގެން ވީޑިއޯ، އޯޑިއޯގެ ހިދުމަތްތައް ފޯރުކޮށް ދިނުން އިތުރުވަމުން އަންނައިރު، އެ ގިންތީގެ ހިދުމަތެއް ނުވަތަ އޯޓީޓީގެ ހިދުމަތެއް ނަމަ އަހަރީ ފީއަކީ 2،000 ރުފިޔާ އެވެ.

ކުރިން އަހަރީ ފީ ދައްކަންޖެހޭ ވަރު

  • ރޭޑިއޯ (ފީ ނުނަގައި ދެވޭ ހިދުމަތް)
  • ކޮމާޝަލް ބްރޯޑްކާސްޓިން – 19،600
  • ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން – 15،000
  • ރޭޑިއޯ (ފީ ނަގައިގެން ދެވޭ ހިދުމަތް) – 39،200
  • ރޭޑިއޯ (މާލޭ ސަރަހައްދަށް) – 9،800
  • ޓީވީ (ފީ ނުނަގާ ދެވޭ ހިދުމަތް)
  • ކޮމާޝަލް ބްރޯޑްކާސްޓިން – 42،000
  • ޕަބްލިކް ސާވިސް ބްރޯޑްކާސްޓިން – 35،000
  • ޓީވީ (ފީ ނަގައިގެން ދެވޭ ހިދުމަތް) – 84،000

ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ގައިސް ވިދާޅުވީ ބްރޯޑްކާސްޓިންގެ އާ ގަވާއިދާއެކު އަލަށް އެ އިންޑަސްޓްރީއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އަދި

"ހުރިހާ ފީތައް 50 ޕަސެންޓް ކުޑަކޮށްފި. މިހާރު ހުރި ފީތައް ބޮޑުކަމަށް ފެންނާތީ. ރަމްޒީ ގޮތުން ނަގާ ފީއެއް. އާމްދަނީއެއްގެ ގޮތުގައި ނަގާ ފީއެއް ނޫން އެއީ. އިންޑަސްޓްރީގައި އިތުރަށް މީހުން ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.