Advertisement

އެވަޓަންގެ ކޯޗަކަށް ބެލްޖިއަމްގެ ކޯޗު މާޓީނޭޒް ގެންނަން މަސައްކަތްކުރަނީ

18 ޖަނަވަރީ 2022 - 10:06 0


އެވަޓަންގެ ކޯޗަކަށް ބެލްޖިއަމްގެ ކޯޗު މާޓީނޭޒް ގެންނަން މަސައްކަތްކުރަނީ

18 ޖަނަވަރީ 2022 - 10:06 0

ލަންޑަން (ޖެނުއަރީ 18) - އެވަޓަންގެ ހުސްވެފައިވާ ކޯޗުކަމުގެ މަގާމަށް އެ ކުލަބަށް ކުރިން އިރުޝާދުދިން މިހާރުގެ ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހޯދުމަށް މަސައްކަތް ފަށައިފި އެވެ.

އެވަޓަންގެ ކޯޗުކަމުގެ މަގާމު ހުސްވީ އެކުލަބުގެ ކޯޗަކަށް މި ސީޒަންގައި ހުރި ރަފައެލް ބެނިޓޭޒް ދާދި ފަހުން މަގާމުން ވަކިކުރުމުންނެވެ. އެންމެ ފަހުން އެވަޓަން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެ ޓީމު ބަލިވިއިރު އެވަޓަން އޮތީީ ލީގު ތާވަލްގެ 16 ވަނައިގަ އެވެ.

އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެވަޓަން އިން ކުރަމުން އަންނައިރު، ފަސް ކޯޗެއް މިހާރުވަނީ ޝޯޓް ލިސްޓްކޮށްފަ އެވެ. އެވަޓަންގެ ބޯޑަށް ހުށަހަޅާފައިވާ ފަސް ކޯޗުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ގަޔާވަނީ ބެލްޖިއަމްގެ ކޯޗު މާޓިނޭޒް އަލުން އެކުލަބަށް ގެނައުމަށެވެ.

މި އަހަރަކީ ފީފާ ވޯލްޑް ކަޕް އޮންނަ އަހަރަށްވުމާއިއެކު މާޓިނޭޒް ހޯދުމަކީ އެވަޓަން އަށް އުނދަގޫ މަސައްކަތަކަށްވާނެ އެވެ. ސަބަބަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ތިން ވަނަ ހޯދި ބެލްޖިއަމަކީ މިފަހަރުގެ ވެސް ފޭވަރިޓަކަށްވުމެވެ. އަދި ކޯޗު މާޓިނޭޒްއާ އެކު އެ ޓީމު ރަނގަޅު ފޯމެއްގައި އޮތުމެވެ.

ކުރިން ވިގަން އެތުލެޓިކްގެ ކޯޗަކަށް ވެސް މަސައްކަތް ކުރި މާޓިނޭޒް ވަނީ މީގެ ކުރިން އެވަޓަން އަށް އިރުޝާދުދީފަ އެވެ. އެއީ 2013 އިން 2016 އަށް އެވަޓަން އަށް އިރުޝާދުދިން މާޓިނޭޒް އަކީ އެކުލަބުގެ މިހާރުގެ ވެރިން އެ ކުލަބާއި ހަވާލުވި ފަހުން ވަކިކުރި ފުރަތަމަ ކޯޗުވެސް މެއެވެ. މާޓިނޭޒް ބެލްޖިއަމްގެ ގައުމީ ޓީމާއި ހަވާލްވީ އޭގެ ފަހުންނެވެ.

މާޓިނޭޒް ނުލިބިއްޖެނަމަ ދެން އެކުލަބުން ބޭނުންވަނީ ޑާބީ ކައުންޓީގެ ކޯޗަކަށް ހުރި އެކުލަބުގެ ކުރީގެ ތަރި ވޭން ރޫނީ ގެންނާށެވެ. ކޯޗިން ކެރިއަރުގައި މާ ގިނަ ދުވަސްތަކެއް ނުވިކަމުގައިވިޔަސް ވޭން ރޫނީ އަންނަނީ ޑާބީއާއިއެކު ރަނގަޅު ނަތީޖާތަކެއް ނެރަމުންނެވެ.

ރޫނީގެ އިތުރުން ފްރެންކް ލަމްޕާޑަކީ ވެސް ބޯޑުގެ މެންބަރުން އެވަޓަން އަށް ގެންނަން ބޭނުންވާ ކޯޗެކެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ޗެލްސީގެ ކޯޗުކަމުން ވަކިކުރި ލަމްޕާޑް އޭގެ ފަހުން ހުރީ ވަޒީފާއެއް ނެތިފަ އެވެ.

މި ތިން ކޯޗުންގެ އިތުރުން ދެން ލިސްޓްގައި ހިމެނޭ އަނެއް ދެ ކޯޗުންނަކީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަންގެ ކޯޗު ގްރަހަމް ޕޮޓާ އަދި ވަގުތީ ގޮތުން އެވަޓަންއާއި ހަވާލްވެހުރި އެޓީމްގެ އެސިސްޓަންޓް ކޯޗު ޑަންކަން ފާގަސަން އެވެ. ފާގަަސަން ވަނީ މީގެ ކުރިން ވެސް އެވަޓަންގެ ހެޑް ކޯޗުގެ ޒިންމާ ނަގައިފަ އެވެ.