Advertisement

އިރާނުގެ ބޮކްސިން ޗެމްޕިއަނެއް މަރަން ހުކުމްކޮށްފި

18 ޖަނަވަރީ 2022 - 05:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ބޮކްސިން ޗެމްޕިއަން މުހައްމަދު ޖަވާދް. -- ފޮޓޯ: އަލީނިޖާދް މާސިހް/ ޓްވިޓާ


އިރާނުގެ ބޮކްސިން ޗެމްޕިއަނެއް މަރަން ހުކުމްކޮށްފި

18 ޖަނަވަރީ 2022 - 05:57 0

ތެހްރާން، އިރާން (ޖެނުއަރީ 17) - ދެހާސް ނަވާރަ ވަނަ އަހަރު އިރާނުގައި ކުރި މުޒާހަރާތަކުގައި ބައިވެރިވެފައި ވާތީ ބޮކްސިން ޗެމްޕިއަނެއް މަރަން ހުކުމްކޮށްފި އެވެ.

މުހައްމަދު ޖަވާދް ވަފާއެއި ސާނީ މަރަން ހުކުމް ކުރި އިރު، ސެޕްޓެމްބަރު 2020 ވަނަ އަހަރު ރެސްލިން ޗެމްޕިއަން ނާވިދް އަފްކަތީގެ މައްޗަށް ވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފަ އެވެ.

އިރާނުގެ އެތްލީޓުންނާ މެދު އެފަދަ ގޮތަކަށް އަމަލު ކުރާތީ، ބައިނަލްއަގްވާމީ ކުޅިވަރުން ހަރަކާތްތަކުން އިރާނު އެކަހެރިކުރަން ދަނީ ގޮވާލަމުންނެވެ.

އިރާން ހިއުމަން ރައިޓްސް (އައިއެޗްއާރް) ޖަމިއްޔާ އިން ބުނީ އުމުރުން 26 އަހަރުގެ ޖަވާދް މަރަން ހުކުމް ކުރީ ސަރުކާރުގެ އިމާރާތްތަކަށް ގެއްލުންވީ، އަލިފާން ރޯކުރި ކަމަށް ސާބިތުވެގެން ކަމަށެވެ.

ފެބްރުއަރީ 2020 ވަނަ އަހަރުން ފެށިގެން އޭނާ ހުރީ ބަންދުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ކުއްލިއަކަށް ތެލުގެ އަގު އުފުލުމުން ނޮވެމްބަރު 2019 ވަނަ އަހަރު ކުރި މުޒާހަރާތަކުގެ ތެރެއިންނެވެ.