Advertisement

ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމުގައި ރައްކާތެރިކަމަށްޓަކައި އަމަލުކުރާ އުސޫލު އޭޑީކޭއިން ހަނދާންކޮށްދީފި

17 ޖަނަވަރީ 2022 - 19:41 0

އަމަން ހަލީމް

އަމަން ހަލީމް

އޭޑީކޭ ހޮސްޕިޓަލުގެ ވޯޑެއް: އެ ހޮސްޕިޓަލުން ބުނީ ކޮވިޑް ޕޮޒިޓިވް ވިޔަސް އިމަޖެންސީ ހާލަތްތަކުގައި ފަރުވާދޭނެ ކަމަށް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ކޮވިޑް ޖެހިފައިވާ މީހަކަށް ފަރުވާ ދިނުމުގައި ރައްކާތެރިކަމަށްޓަކައި އަމަލުކުރާ އުސޫލު އޭޑީކޭއިން ހަނދާންކޮށްދީފި

17 ޖަނަވަރީ 2022 - 19:41 0

ކޮވިޑް ޖެހިފައި ހުއްޓަސް ކުއްލި ހާލަތުގައި ފަރުވާދޭ ކަމަށާއި އެ ނޫން ހާލަތުގައި އެފަދަ ފަރާތަކަށް ފަރުވާ ދިނުމުގައި އަމަލުކުރަނީ ކުރިން ފެށިގެން ވެސް އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ އިން މިރޭ ބުނެފި އެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިދުމަތް ހޯދަން އަންނަ މީހަކު ކޮވިޑަށް ޕޮސިޓިވް ވެއްޖެ ހާލަތެއްގައި، އެކަމަކަށް ހާއްސަ ކުރެވިފައިވާ މަރުކަޒަކަށް ޓްރާންސްފަ ކޮށްދޭ ކަމަށާއި ކުއްލި ހާލަތްތަކުގައި އަންނަ ފަރާތެއް ކޮވިޑަށް ޕޮސިޓިވްވީ ނަމަވެސް، އެމަޖަންސީ ހާލަތްތަކުގައި ބޭނުންވާ ފަރުވާ ދިނުމަށް ފަހު ނޫނީ ކޮވިޑް ބަލި މީހުނަށް ފަރުވާދޭ މަރުކަޒަކަށް ބަދަލު ނުކުރާ ކަމަށެވެ.

"މިއާ ހިލާފަށް މި ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އަންނަ އާންމު ހާލަތުގައިވާ މީހަކަށް، ނުވަތަ އިމަޖެންސީ ހާލަތެއް ކަމަށް ނުބެލެވޭ ފަރާތެއް ކޮވިޑަށް ޕޮސިޓިވެއްޖެ ކަމަށްވާ ނަމަ، އިސްކަންދޭނީ ވަގުތު އޮއްވާ އެ ފަރާތެއްވީ އެންމެ އަވަހަކަށް، ކޮވިޑް ބަލި މީހުނަށް ފަރުވާދޭ މަރުކަޒަކަށް ފޮނުވައި ދިނުމަށެވެ،" އޭޑީކޭގެ ބަޔާނުގައިވެ އެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ރައްކާތެރިކަމުގެ އުސޫލެއް ކަނޑައަޅައި އަމަލުކުރަމުން ދަނީ އެޑްމިޓްކޮށްގެން ފަރުވާ ހޯދާ އެހެން ބަލިމީހުންނާއި، ވިހާ ކޮޓަރިތަކުގައި ވިއްސަން ވައްދާފައި ތިބި މީހުންނާއި، ވިހައިގެން ނެގޭ ތުއްތު ކުދިންނާއި، އޮޕަރޭޝަން ތިއޭޓަރުތަކުން ބޮޑެތި އޮޕަރޭޝަންތައް ކޮންގެން ނެރޭ މީހުންނާއި، ދޮށީ އުމުރުގެ ހާލު ދެރަ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެ އެވެ.

ދެ ހާސް ވިހި ވަނަ އަހަރު ކުރީ ކޮޅު ކޮވިޓްގެ ބަލިމަޑުކަން ރާއްޖޭގައި ފަށުނީއްސުރެން ވެސް އަމަލުކުރާ ރައްކާތެރިކަމުގެ އުސޫލަކީ މިއީ ކަމަށް އޭޑީކޭއިން ބުނެ އެވެ.

ކޮވިޑު ޕޮޒިޓިވް މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ މަރުކަޒަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގަ އެވެ. މިއީ ކޮވިޑު ފެތުރުނަ ނުދުނިމުގެ ގޮތުން ބަލިމަޑުކަމުގެ ކުރީކޮޅުން ފެށިގެން ސަރުކާރުން އިންތިޒާމު ކުރި ގޮތެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުނަށް ބޭނުންވާ ބޭސް ފަރުވާ، އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދެވޭނީ އެހެން މީހުންނާއި ވަކިން އެކަހެރި ތަނެއްގައި ފަރުވާކުރެވޭ ނިޒާމެއްގެ ތެރެއިން ކޮވިޑް ބަލި ފެތުރުނަ ނުދިނުމަށް ވެސް ސަމާލުކަން ދީގެން ކަމަށް ކަމަށާއި، ކޮވިޑަށް ޕޮސިޓިވްވާ ފަރާތްތަކަށް ފަރުވާ ކުރުމަށް ވަކި ތަންތަނެއް ކަނޑައަޅާފައި ވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް އޭޑީކޭއިން ބުނެ އެވެ. ސަރުކާރުން ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީގައި އެކަމަށް ހާއްސަ ކުރެވިގެން ފަރުވާދޭ މެޑިކަލް ޓީމްތައް ހަރަކާތްތެރި ވެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.