Advertisement

ޕްލޭނިން މިނިސްޓަރުގެ ހަތްވަނަ ނައިބަކަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

17 ޖަނަވަރީ 2022 - 17:56 1

އަމަން ހަލީމް

އަމަން ހަލީމް

ޑެޕިއުޓީ ޕްލޭޭނިން މިނިސްޓަރު އަބްދުﷲ ފަލާހު ޝަރީފް: ފަލާހުއަކީ އެމްޑީޕީ މެމްބަރެއް. -- ފޮޓޯ: ރައީސް އޮފީސް


ޕްލޭނިން މިނިސްޓަރުގެ ހަތްވަނަ ނައިބަކަށް ފުވައްމުލައް ސިޓީގެ ކުރީގެ މޭޔަރު ފަލާހު

17 ޖަނަވަރީ 2022 - 17:56 1

ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފް ޕްލޭނިން މިނިސްޓްރީގެ ނައިބަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަނު ކުރައްވައިފި އެވެ.

ފުވައްމުލައް، ސިޓީއަކަށް ބަދަލުވުމުގެ ކުރިން ޏ. އަތޮޅު ކައުންސިލުގެ ރައީސްކަން ކުރައްވި ފަލާހަކީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރެކެވެ.

އޭނާ ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މޭޔަރުގެ ޓިކެޓަށް މިހާރުގެ މޭޔަރު އިސްމާއިލް ރަފީގާ ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފަ އެވެ.

ފަލާހަކީ ޕްލޭނިން މިނިސްޓްރީއަށް ނައިބު ފެންވަރުގައި އައްޔަނުކޮށްފައިވާ ހަތްވަނަ ބޭފުޅާ އެވެ. އެންމެ ނައިބު މިިނިސްޓަރުން ގިނަ މިނިސްޓްރީއަކީ ވެސް އެ މިނިސްޓްރީ އެވެ.

ފަލާހުގެ އިތުރުން ޕްލޭނިން މިނިސްޓަރުގެ ނައިބުގެ މަގާމުގައި ދެން ތިއްބަވަނީ:

  • ޒުހުރުﷲ ސިޔާދު
  • މުހައްމަދު އާސިމް
  • މުހައްމަދު ހާލިސް ޝަރީފް
  • އަލީ ސާމިމް
  • ފާތިމަތު ނިއުމާ
  • އާއިޝަތު ރަޝީދާ