Advertisement

11 މިލިއަން ރުފިޔާއަށް ނިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

17 ޖަނަވަރީ 2022 - 17:06 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

މިއަދު ބޭއްވި ހަފްލާއެއްގައި މިސްކިތް އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން: ނިލަންދޫގައި އަޅަނީ ޒަމާނީ މިސްކިތެއް ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


11 މިލިއަން ރުފިޔާއަށް ނިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަނީ

17 ޖަނަވަރީ 2022 - 17:06 0

ފ. ނިލަންދޫގައި 11.8 މިލިއަން ރުފިޔާއަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ނިލަންދޫގެ މިސްކިތް އެޅުމަށް ހަވާލު ކުރީ މާލާ ހައި ރައިޒިން ޕްރައިވެޓް ލިމިޓެޑަށް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި މާލާ ހައި ރައިޒިންގެ މެނޭޖިން ޑިރެކްޓަރު އަލީ އިސްމާއިލެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އެ މިސްކިތުގެ މަސައްކަތް ފަށާނެ އެވެ. އަދި މަސައްކަތް ފަށާތާ ބަރާބަރު އެއް އަހަރުގެ ތެރޭގައި މިސްކިތް ހަދައި ނިންމަންޖެހޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ނިލަންދޫގައި އިމާރާތް ކުރަނީ ޒަމާނީ މިސްކިތެއް ކަމަށާއި ސޯލާ ހަތަކަ ބޭނުންކޮށްގެން މިސްކިތައް ބޭނުންވާ އެއާކޮންޑިޝަންތަކަށް ކަރަންޓު ދެވޭނެ ނިޒާމު ވެސް ގާއިމް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން، މިސްކިތައް ބޭނުންވާ ވުލޫ ކުރާ ބަޔަކާއި ފާހާނާ ބަރި އާއި ގުދަނެއްގެ އިތުރުން މުންނާރެއް ވެސް ހުންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ގާތްގަނޑަކަށް 2,000 މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި މިހާރު ވެސް ހަތަރު މިސްކިތް ހުރެ އެވެ.