Advertisement

ލޮނުޒިޔާރަތްކޮޅުގައި ހުންނަ ނިއުޕޯޓާއި ބްރިޖު ބަލާ ޕްލެޓްފޯމް ނަގަން 25 ދުވަހުގެ މުހުލަތެއް

17 ޖަނަވަރީ 2022 - 16:25 0

އަމަން ހަލީމް

އަމަން ހަލީމް

ލޮނިޒިޔާރަތްކޮޅު ޕާކު ތަރައްގީކުރުމުގެ ކުރިން ނިއުޕޯޓާއި ބްރިޖް ވިއުވިން ޕްލެޓްފޯމް: ސަރުކާރުން ބުނީ 25 ދުވަހުގެ ތެރޭގައި ތަން ހުސްނުކޮށްފި ނަމަ ލިބޭ ގެއްލުމަކަށް ނުބަލައި ސަރުކާރުން ތަން ހުސްކުރާނެ ކަމަށް -- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް


ލޮނުޒިޔާރަތްކޮޅުގައި ހުންނަ ނިއުޕޯޓާއި ބްރިޖު ބަލާ ޕްލެޓްފޯމް ނަގަން 25 ދުވަހުގެ މުހުލަތެއް

17 ޖަނަވަރީ 2022 - 16:25 0

ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ޗައިނާ/މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓުގެ އިމާރާތް ހުންނަ ސަރަހައްދު ހުސްކުރަން ހައުސިން މިނިސްޓްރީން މިއަދުން ފެށިގެން 25 ދުވަސް ދީފި އެވެ.

ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން މިތަނުގައި ފުޑް ކޯޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ ސެޕްޓެމްބަރު 2016، ގަ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އަންގާފަ އެވެ. އެއީ މާޗު 11، 2019 ގަ އެވެ.

މި މައްސަލައިގައި ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބިގެން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިޔުމުން އެ ކޯޓުން މައްސަލަ ނިންމީ މިނިސްޓްރީ ކޮޅަށެވެ.

ސިވިލް ކޯޓުން ސެޕްޓެމްބަރު 26، 2019 ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށާއި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271ރ. 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

ސިވިލް ކޯޓުގެ އަމުރު ސްޓްރާޑާއިން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން މިދިޔަ އޮކްޓޫބަރު މަހު އެ ކޯޓުން ހުކުމް ކުރީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާށެވެ.

ހައިކޯޓުގެ ހުކުމަށް ތިން މަސް ދުވަސް ފާއިތުވިފަހުން، ހައުސިން މިނިސްޓްރީން ތަން ހުސްކުރަން ސިޓީ ފޮނުވީ މިއަދު އެވެ. މި ސިޓީގެ ކޮޕީއެއް "އަދަދު"އަށް ލިބިފައިވާއިރު އޭގައި ބުނާ ގޮތުން ސްޓްރާޑާއަށް ދިން މުއްދަތުގެ ތެރޭގައި ތަން ހަވާލުނުކޮށްފި ނަމަ މިނިސްޓްރީން ތަން ހުސްކުރާނެ އެވެ.