Advertisement

އިކުއެޓްރަލް ގިނީން ޗެމްޕިއަން އަލްޖީރިއާ ބަލިކޮށްފި، ސިއެރަ ލިއޯނުގެ ހުވަފެނީ ފެށުން ކުރިއަށް

17 ޖަނަވަރީ 2022 - 07:53 0

ަރޭގެ މެޗުގެ ތެރެއިން އަލްޖީރިއާގެ ކެޕްޓަން މާރޭޒް.


އިކުއެޓްރަލް ގިނީން ޗެމްޕިއަން އަލްޖީރިއާ ބަލިކޮށްފި، ސިއެރަ ލިއޯނުގެ ހުވަފެނީ ފެށުން ކުރިއަށް

17 ޖަނަވަރީ 2022 - 07:53 0

ޑުއާލާ، ކެމަރޫން (ޖެނުއަރީ 17) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން އަލްޖީރިއާ ރޭ އިކުއޭޓްރަލް ގިނީ އަތުން 1-0 އިން ބަލިވިއިރު، ސިއެރަ ލިއޯނުން ތަފާތު ހިތްވަރެއް ދައްކައި އައިވަރީ ކޯސްޓާ 2-2 އިން އެއްވަރުކޮށްފި އެވެ.

އަލްޖީރިއާ އަށް ރޭ ކުރިމަތިވި ނާކާމިޔާބީއާ އެކު އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް މި ވަނީ 35 މެޗަށް ފަހު ނިމުން އައިސްފަ އެވެ. އިޓަލީން ބަލިނުވެ ގާއިމްކުރި ރެކޯޑާ ހަމަކުރަން އަލްޖީރިއާ އަށް މަދުވީ ދެ މެޗެވެ. އެކަމަކު، އެ ރެކޯޑާ ހަމައަށް ނުދެވެނިސް އަލްޖީރިއާ ބަލިވީ އެވެ. ރޭގެ މެޗުގެ ކުރިން އަލްޖީރިއާ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ އޮކްޓޫބަރުގަ އެވެ.

އިކުއޭޓްރަލް ގިނީ ވަނީ 2015 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު އެފްރިކަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ފަހަރުގެ މުބާރާތަށް އިކުއޭޓްރަލް ގިނީ ކޮލިފައިވެގެން އައިއިރު، މިއީ މި ގޮތަށް އެ ޓީމުން މުބާރާތުގައި ކުޅޭ ފުރަަތަމަ ފަހަރެވެ.

ފުރަތަމަ މެޗުން އައިވަރީ ކޯސްޓް އަތުން 1-0 އިން ބަލިވި ހިތްދަތިކަމުން އަރައިގަންނަން ރޭ އިކުއޭޓްރަލް ގިނީން އަލްޖީރިއާ ބަލިކުރަން ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. މިރާންޑާ ބޮއާޗޯ ދިން ބޯޅަ އަކުން އެސްޓަބަން އޮބިއާން ވަނީ ގޯލު ޖަހައިފަ އެވެ. އަލްޖީރިއާ އިން މި މެޗުގައި ވެސް ގޯލެއް ޖެހޭތޯ ގިނަ އެޓޭކްތަކެއް ކުރި އެެވެ. އެކަަމަކު ކާމިޔާބުވާ ގޮތެއްނުވި އެވެ.

ސިއެރަ ލިއޯނުން 26 އަހަރަށް ފަހު އެފްރިކަން ކަޕްގައި ކުޅުނު ފުރަތަމަ މެޗަކީ މި ފަަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އަލްޖީރިއާއާ ކުޅުނު މެޗެވެ. އެ މެޗުގައި ސިއެރަ ލިއޯނުން ވަނީ ލަނޑެއް ނުޖެހި އަލްޖީރިއާއާ އެއްވަރުވެފަ އެވެ.

އައިވަރީ ކޯސްޓުން މެޗުގެ 25 ވަނަ މިނިޓްގައި ސަބެސްޓިއަން އަލެއާ ޖެހި ގޯލުން ލީޑުނެގުމުގެ ކުރިން އެ ޓީމަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ވިލްފްރެޑް ޒަހާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ އަކުން ފްރޭންކް ކެސިއޭ ޖެހި ބޯޅަ ސިއެރަ ލިއޯންގެ ކީޕަރު މުހައްމަދު ކަމާރާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 55 ވަަނަ މިނިޓްގައި ސިއެރަ ލިއޯނަށް އެއްވަރުކޮށްދިނީ މޫސާ ކަމާރާ އެވެ. އޭގެ 10 މިނިޓް ފަހުން ނިކޮލަސް ޕެޕޭ ވަނީ އައިވަރީ ކޯސްޓަށް އަލުން ލީޑުނަގައިދީފަ އެވެ. މެޗުގެ އިތުރު ވަގުުތުގައި ސިއެރަ ލިއޯނަށް އެއްވަރުކޮށްދިނީ އަލްހާޖީ ކަމާރާ އެވެ. މި މެޗުގެ ފަހު ކޮޮޅުގައި އައިވަރީ ކޯސްޓުގެ ކީޕަރު ބަދްރާ ސަންގާރޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލު ކުރަން ޖެހުނުއިރު، އޭގެ ފަހުން އެ ޓީމުގެ ގޯލު ބެލެހެއްޓީ ކަނާތު ބެކް ސާޖް އޯރިއޭ އެވެ.

ގްރޫޕް އީގައި ކޮންމެ ޓީމެއް ދެ މެޗު ކުޅުނުއިރު، އެއް ވަަނައިގައި އޮތީ ހަަތަރު ޕޮއިންޓާ އެކު އައިވަރީ ކޯސްޓެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު އިކުއޭޓްރަލް ގިނީ އޮތްއިރު، ތިން ވަނައިގައި އޮތީ ދެ ޕޮއިންޓާ އެކު ސިއެރަ ލިއޯން އެވެ. އެންމެ ފުލުގައި އަލްޖީރިއާ އޮތީ އެއް ޕޮއިންޓް ހޯދައިގެންނެވެ. އަލްޖީރިއާ އަށް އަނެއް ބުރަށް ދެވެން އޮތީ ގްރޫޕްގެ ފަހު މެޗުގައި އައިވަރީ ކޯސްޓް ބަލިކޮށްގެންނެވެ.