Advertisement

އެޓަލަންޓާ އިން އިންޓަގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

17 ޖަނަވަރީ 2022 - 07:26 0

އެޓަލަންޓާގެ ޑެ ރޫން އަތުން ބޯޅަ ހޯދަން އިންޓަގެ ސަންޗޭޒް މަސައްކަތް ކުރަނީ.


އެޓަލަންޓާ އިން އިންޓަގެ މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި

17 ޖަނަވަރީ 2022 - 07:26 0

ބެރްގާމޯ، އިޓަލީ (ޖެނުއަރީ 17) - އެޓަލަންޓާ ދަނޑުގައި ރޭ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން އިޓާލިއަން ލީގުގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ އަށް އަށް މެޗަށް ފަހު ނިމުން އައިސްފި އެވެ.

ރޭ އެއްވަރުވުމުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތު އިންޓަ އަށް ގެއްލުނީ އެވެ. އިންޓަ އެއް ވަނައިގައި އޮތީ 21 މެޗުން 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 21 މެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ނަޕޯލީ އޮތީ 21 މެޗުން 43 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެޓަލަންޓާ އަށް 21 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ފަސް ވަނައިގައި އޮތީ 22 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ.

އިންޓަގެ ފަރާތުން ގިނަ އެޓޭކްތަކެއް ފެނިގެންދިޔަ ރޭގެ މެޗު ފަށައިގެން އިންޓަގެ ބޮސްނިއާ ފޯވާޑް އެޑިން ޒެކޯ ބޮލުން ޖެހި ބޯޅައެއް ދަނޑި ކައިރިން ދިޔައިރު، އެ ޓީމުގެ އަލެކްސިސް ސަންޗޭޒް ހުސްކޮށް ހުރެފައި ޖެހި ބޯޅަ އެޓަލަންޓާގެ ކީޕަރު ޖުއާން މޫސޯ ވަނީ މަތަކޮށްފަ އެވެ. ފުރަަތަމަ ހާފު ނިމުމުގެ ކުރިން ޒެކޯ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އެޓަލަންޓާގެ ރަނގަޅު ހަމަލާތައް ފެނުނީ ދެ ވަަނަ ހާފުގަ އެވެ. އެ ޓީމުގެ މަޓެއޯ ޕެސީނާ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. އަދި ފަހުން ލުއިސް މުރިއޭލް ކައުންޓަ އެޓޭކެއްގައި އިންޓަގެ ދެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއިން ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ހަންޑަނޯވިޗް އެވެ.

ހޯސޭ މޮރީނިއޯގެ ރޯމާ ވަނީ ރޭ އަމިއްލަ ދަނޑުގައި 1-0 އިން ކަލިއަރީ ބަލިކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން ސާޖިއޯ އޮލިވޭރާ އެވެ. ރޯމާ ވަނީ މި މޮޅާ އެކު 22 މެޗުން 35 ޕޮއިންޓް ހޯދައި ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.