Advertisement

ގެއްލުނު ޓޫރިސްޓް މަރުވެފައި އޮއްވާ ފެނިއްޖެ

16 ޖަނަވަރީ 2022 - 17:37 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ގެއްލުނު ޓޫރިސްޓް ހޯދަން ސިފައިން މަސައްކަތް ކުރަނީ. އޭނާގެ ހަށިގަނޑު ފެނުނީ 15 މީޓަރު އަޑިން. ފޮޓޯ: އެމްއެންޑީއެފް


ގެއްލުނު ޓޫރިސްޓް މަރުވެފައި އޮއްވާ ފެނިއްޖެ

16 ޖަނަވަރީ 2022 - 17:37 0

އދ. މަންދޫ ކައިރީގައި އޮންނަ ފަރަކަށް އިއްޔެ ފީނަން ފައިބާ އުޅެނިކޮށް ގެއްލުނު ޓޫރިސްޓް މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންގެ ޑައިވަރުންނަށް ޓޫރިސްޓްގެ ހަށިގަނޑު ހޯދައިގެން ނެގީ މިއަދު މެންދުރުފަހު 3:10 އެހާ އިރު ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނީ 15 މީޓަރު އަޑިން ކަމަށެވެ.

އިނގިރޭސި ވިލާތުގެ އުމުރުން 69 އަހަރުގެ އަންހެން ޓޫރިސްޓް ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓްކުރީ އިއްޔެ ހަވީރު އެވެ. އޭނާ ހޯދަން ސިފައިން އައީ އިއްޔެއިން ފެށިގެން މަސައްކަތް ކުރަމުންނެވެ. ކޯސްޓްގާޑްގެ ކަނޑު އުޅަނދުތަކުގައި އޭނާ ހޯދަން ސިފަައިން މަސައްކަތްކުރި އިރު، އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތަކުގެ އެހީގައި ވައިގެ މަގުން ވެސް އެ ސަރަހައްދު ބެލި އެވެ.

ޓޫރިސްޓް ފީނަން ފޭބި ސަރަހައްދު. އޭނާގެ ހަށިގަނޑު މިއަދު ވަނީ ފެނިފައި.


މިއީ މި އަހަރު ކަނޑު މަތީގައި ހިނގި މިފަދަ ދެވަނަ ހާދިސާ އެވެ. ފާނައިގެ މަސްވެރިކަން ކުރާ އަލަމާ-5 ދޯނި މިމަހުގެ ތިންވަނަ ދުވަހު އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަން ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް ވަނީ ކަނޑަށް ގެއްލިފަ އެވެ. އޭނާ ހޯދަން ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ހަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަން މިހާރު ވަނީ އަލިމަގެއް ނުފެނުމުން ހުއްޓާލައިފަ އެވެ.

އެ ހާދިސާގައި ޝަފީގުގެ އިތުރުން ދޯނީގައި ތިބީ ބަންގްލަދޭޝަށް ނިސްބަތްވާ އަސަދުލް އިސްމާލް، 37، އާއި އިތުރު ފަޅުވެރިއަކު ހަންބުރިތަކެއްގައި އެލިގެން އޮއްވައި 24 ގަޑިއިރު ފަހުން ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ.