Advertisement

ޑައިވިނަށް ފޭބި ދުވަސްވީ ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ

15 ޖަނަވަރީ 2022 - 21:47 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އެމްއެންޑީއެފްގެ ކޯސްޓް ގާޑް: ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުން ދަނީ --


ޑައިވިނަށް ފޭބި ދުވަސްވީ ފަތުރުވެރިއެއް ގެއްލިގެން ހޯދަނީ

15 ޖަނަވަރީ 2022 - 21:47 0

އިނގިރޭސި ވިލާތަށް ނިސްބަތްވާ އުމުރުން 69 އަހަރުގެ އަންހެނެއް އދ.މަންދޫ ކައިރި ފަރަކަށް ޑައިވިނަށް ފައިބާ އުޅެނިކޮށް، ގެެއްލިގެން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.

އެކަން މިއަދު ހަވީރު އެމްއެންޑީފަށް ރިޕޯޓްކޮށްފައިވާއިރު، މިހާރު އެ އިދާރާއިން ގެންދަނީ ކަނޑާއި ވައިގެ އުޅަނދުފަހަރު މެދުވެރިކޮށް ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.

ނަމަވެސް "ގޮމަ" ނަމަކަށް ކިޔާ ދޯނިން ޑައިވިނަށް ފޭބި އެ ފަތުރުވެރިޔާ އަދިވެސް ނުފެނެ އެވެ.

"ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި މިއަދު އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށްވެސް އެ ސަރަޙަހައްދު ވަނީ ބަލާފައި," އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިއީ މި އަހަރު ކަނޑު މަތީގައި ހިނގި މިކަލަ ދެވަނަ ހާދިސާ އެވެ. މިމަހުގެ ތިންވަނަ ދުވަހު ފާނައިގެ މަސްވެރިކަން ކުރާ އަލަމާ-5 ދޯނި އަޑިއަށް ގޮސް ކަނޑަށް ގެއްލިފައިވާ އެ ދޯނީގެ ކެޕްޓަން ކ. ގުރައިދޫ، ނަލަވާ، އާދަމް ޝަފީގް ހޯދުމަށް ކޯސްޓްގާޑުން މެދުކެނޑުމެއްނެތި ހަ ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަން ހުއްޓާލީ އެ މަސައްކަތް ނާކާމިޔާބު ވުމުންނެވެ.

އެ ހާދިސާގައި ޝަފީގުގެ އިތުރުން ދޯނީގައި ތިބީ ބަންގްލަދޭޝަށް ނިސްބަތްވާ އަސަދުލް އިސްމާލް، 37، އާއި އިތުރު ފަޅުވެރިއަކު ހަންބުރިތަކެއްގައި އެލިގެން އޮއްވައި 24 ގަޑިއިރު ފަހުން ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ.