15 ޖަނަވަރީ 2022 - 14:09 1
ހުސެއިން އަރުބާން ފައްވާޒް
ކްރިމިނަލް ކޯޓު: އޮންލައިންކޮށް ބޭއްވި ޝަރީއަތް ކުރިއަށް ގެންދިޔަ ޓީވީއާ ދިމާލަށް ގޮނޑިއެއް އެއްލާ ތަޅާލުމުން ހުކުމެއް -- ފޮޓޯ: އަދަދު
15 ޖަނަވަރީ 2022 - 14:09 1
ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހަކަށް ބަންދުގެ މުއްދަތު ޖެހުމުން ރުޅި އައިސްގެން މާލެ ކަސްޓޯޑިއަލް ޖަލުގައި ހުރި ޓީވީ ތަޅާލުމުން 15 ދުވަހަށް ޖަލަށްލައިފި އެވެ.
ގދ. ގައްދޫ، ގްރީންގެ، އަހްމަދު މަސްއޫދް ހައްޔަރު ކުރީ ފޯނެއް ފޭރުމުގެ ތުހުމަތުގަ އެވެ. އަދި އެ ކުށަށް އޭނާ އިއުތިރާޒެއް ވެސް ނުކުރެ އެވެ. މަސްއޫދު، 38، ކޯޓުގައި ބުނީ ފޭރުނު ފޯނު އޭތީގެ ވެރި ފަރާތަށް ލިބިފައިވާތީ އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަމަވެސް، އޮންލައިން މުއްދަތުޖެހުމަށް، މާލޭ ކަސްޓޯޑިއަލްއަށް ގެންގޮސްފައި ހުރި މަސްއޫދަށް 10 ދުވަހުގެ މުއްދަތުގެ ޖެހުމުން އޭނާ އެކަމާ ހިތްހަމަނުޖެހި، އިށީންދެގެން އިން ގޮނޑި ޓީވީއާ ދިމާލަށް އެއްލައި، އެ ތަޅާލީ އެވެ.
އެއާއެކު ކޯޓުގެ ހުރުމަތަށް މަސްއޫދު އަރައިގެން ކަމަށް ކަނޑައަޅައި 15 ދުވަހަށް ޖަލަށްލުމަށް ގާޒީ ހުކުމް ކުރެއްވި އެވެ.
"މީނާ 10 (ދިހައެއް) ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރުމަށް ޝަރީއަތުން ނިންމުމާއި ގުޅިގެން، މީނާ ހާޒިރުވެއިން މާލެ ކަސްޓޯޑިއަލްގައި ހުރި ވީޑިއޯ ކޮންފަރިންސިން ރޫމުގައި ހުރި ޓީވީއާ ދިމާއަށް، މީނާ އެވަގުތު އިށީނދެ އިން ގޮނޑި އެއްވާލައި ހަލާކުކޮށްލާފައިވާތީ، މީނާގެ މިއަމަލަކީ ކޯޓުގެ ހުރުމަތްކަނޑުމުގެ އަމަލެއް ކަމަށް ނިންމައި، 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރަމެވެ،" އެ ހުކުމުގައި ބުނެފައިވެ އެވެ.
Comment